ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ސްވިޑަން ކުޅުނު ދެ ވަނަ މެޗުގައި ރޭ އިނގިރޭސިން އަތުން 3-2 އިން ބަލިވެ، މުބާރާތުން އަލްވަދާއު ކިޔައިފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އިނގިރޭސިނަށް ހޯދައި ދިނީ ފޯވަޑް އޭންޑީ ކެރޯލް އެވެ. މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ ކެރޯލް އިނގިރޭސިންނަށް ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ލަނޑުން އިނގިރޭސީން ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް އިނގިރޭސިންގެ މައްޗަށް މޮޅެއް ހޯދައިގެން ނުނީ، ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅިފައި އޮތް ސްވިޑަންއަށް ރޭގެ މެޗުގައި އަލިކަމެއް ފެނިގެން ދިޔައީ ދެ ވަނަ ހާފް ފެށިތަނާހެން އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އޮލޮފް މެލްބާގް ފޮނުވާލި ބޯޅަ، އިނގިރޭސިންގެ ގޯލްތެރެއަށް ވަނުމުންނެވެ. އެލަނޑު ގޯލުގެ ތެރެއަށް ވަނީ އިންގްލެންޑްގެ ޑިފެންޑަރު ޖޯންސަންގެ ގައިގައި ޖެހިފައި ކަމަށް ޓީވީގެ ރިޕްލޭތަކުން ވެސް ފެނިގެން ދިޔައެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ސްވިޑަންއިން، އިނގިރޭސިންގެ ގޯލް ފޫއަޅުވާލައި، މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއްވަރު ކުރި ކުރުމަށް، ސިހުމެއް އައީ މެޗުގެ 59 ވަނަ މިނެޓުގައި އިނގިރޭސިންގެ ކޮޅަށް ގޯލެއް ޖަހާ ސްވިޑަންއިން މެޗުގެ ލީޑް ނެގުމުންނެވެ. އެލަނޑު ސްވިޑަންއަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މެލްބާގް އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު އިނގިރޭސިންގެ މައްޗަށް ސްވިޑަންއިން ލީޑް ނެގިތާ ފަސް މިނެޓު ފަހުން، އިނގިރޭސި ޓީމުގެ ތަޖުރިބާކާރު ފޯވާޑް ވޮލްކޮޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 ލަނޑަށް އެއްވަރު ކޮށްދީފައެވެ. އަދި ރޭގެ މެޗުގައި އިނިރޭސީން މޮޅުކޮށްދީ، މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޓީމްގެންގޮސް ދިނުމުގެ ބޮޑު ރޯލް އަދާކުރި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ޑެނީ ވެލްބެކް އެވެ.

ރޭގެ މޮޅާއެކު ގްރޫޕް ސްޓޭޖްގައި އިނގިރޭސީން އޮތީ ހަތަރު ޕޮއިންޓާއެކު ދެ ވަނައިގައެވެ. އަދި ރޭގެ މެޗުން ބަލިވި ސްވިޑަން އޮތީ ހުސްއަތާ ގްރޫޕްގެ ފުލުގައި އޮތްއިރު، ތިން ވަނާގައި ތިން ޕޮއިންޓާއެކު އޮތީ ޔޫކުރޭން ނެވެ. ގްރޫޕްގެ އެއް ވަނާގައި އޮތް ފްރާންސްއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ގުރޫޕް ޑީގެ ފަހު ދުވަހު ޔޫކްރޭނާ ދެކޮޅަށް އިނގިރޭސީން އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނައިރު، މިގްރޫޕްގައި ހަމަ އެރޭ ކުޅޭ ފަހު މެޗުގައި ދެ ން ބައްދަލުކުރާ ދެޓީމަކީ މުބަރާތުން ކަޓައިފައިވާ ސްވިޑަންއާ ފްރާންސްއެވެ. ކުރިއަށް ކުޅެން އޮތް މެޗުން ފްރާންސާއި އިންގްލެންޑަށް ޕޮއިންޓެއް ލިބިއްޖެ ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭއިރު، ކުއާޓާގެ ޖާގައެއް ބޭނުން ނަމަ ޔޫކުރޭން އޮތީ އިންގްލެންޑް އަތުން މޮޅުވުމެވެ.