މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކަައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށާއި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހު 30 ވަނަ ދުވަހުގެ 13:00 ނިޔަލަށް ހަމަވާނެކަމަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތައް:

  • ނޫސްމަޖައްލާ ކެޓަގަރީ

  • އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް:

  • ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ

  • އިޖުތިމާޢީ ދާއިރާ

  • ސިޔާސީ ދާއިރާ

  • ޝަރުޢީ އަދި ޤާނޫނީ ދާއިރާ

  • ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

  • ކުޅިވަރުގެ ދާއިރާ

  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

  • ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ

  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ

  • ފީޗަރު ރިޕޯޓުގެ ދާއިރާ

  • ތާރީޚާއި ސަގާފަތުގެ ދާއިރާ

  • މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

  • ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ

  • އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ

  • އުންމީދީ ނޫސްވެރިޔާގެ އިނާމު

  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު

  • އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު

  • އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާގޫގަލް ފޯމްމެދުވެރިކޮށް ކަމަށެވެ.

އެ ކައުންސިލުން ވަނީ، އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެމިންގަނޑާއި އިނާމު ދިނުމުގެ އުސޫލުވެސް ގެޒެޓް ކޮށްފައެވެ.