09 Jun 2024, 17:06
އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ކޯރު ސަރަހައްދު ބަންދު ކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ކޯރު ސަރަހައްދު ބަންދުވާނީ އެ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 14:00ގެ ނިޔަލަށް ކަމަށެވެ.
އެހެން ކަމުން އެ ގަޑީގައި އެ ސަރަހައްދުގައި ބައެއް ކަންކަން ކުރުން އެޗްޑީސީން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޖެޓްސްކީ ކުރުން
- މޫދަށް އެރި އުޅުން
- ޑިންގީ ހުރަސްކުރުން ނުވަތަ އެ ސަރަހައްދަށް ވަނުން
ޗެނަލް ބަންދު ކުރަން ޖެހުނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނި ނަމަވެސް، އެ ސަރަހައްދު ބަންދު ކުރާ ވަކި ސަބަބެއް އެ ކޯޕަރޭޝަނުން ހާމައެއްނުކުރެއެވެ.