16 Aug 2010, 19:26
00:30
އޮޅުކޮށްގެން ގެންގުޅޭ ތަފާތު ޖަނަވާރާއި ދޫނިސޫފާސޫފި ދައްކުވައިދޭ ޕެޓް ޝޯއެއް މާލޭގައި ހުޅުވައިފި އެވެ.
ޕެޓް ޝޯ އިންތިޒާމް ކުރާ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ ކުރިން ޕެޓް ޝޯ ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ މާލޭ ޖަލާ އިންވެގެން އޮންނަ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް ފަހުން ވިއްސާރަ ވުމުގެ ސަބަބުން ޕެޓް ޝޯ ބާއްވާފައި ވަނީ ސޯޝަލް ސެންޓަރުގެ ހަރުގޭގައި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
އެ ޖަމިއްޔާ އިން ވަނީ މި ޝޯ އާ ގުޅުވައިގެން ޖަނަވާރުތަކަށް ޚާއްސަ ޑޮކްޓަރެއް ވެސް މާލެ ގެނެސްފަ އެވެ. އަދި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕެޓް ޝޯ 45 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެހެން ނަމަވެސް އިއްޔެ ޕެޓް ގެނެސްފައި ވަނީ އެންމެ 17 ފަރާތަކުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ. އެ ޖަމިއްޔާއިން ބުނީ ޒުވާނުންގެ މަރުކަޒުގައި ޕެޓް ތައް ދައްކާލަން ބޭނުންވާ ވަރަށް ޖާގައިގެ ދަތިކަމުން ދައްކާނުލެވޭ ކަމަށެވެ.