ސްރީލަންކާގެ ވެރިރަށް ކޮލަންބޯ ޖައިކް ހިލްޓަން ރެސިޑެންސްގެ 18 ވަނަ ބުރިން ވެއްޓި މަރުވި ގ. މާވެނި މުހައްމަދު މިދުޝާހު 37، ގެ މަރާ ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެން އެ މައްސަލާގައި ތުހުމަތުވާ ހަ ދިވެހިންނާއި މަޑަގަސްކަރައިގެ އަންހެން މީހާ ލަންކާއިން ފުރައިގެން ނުދެވޭ ގޮތަށް ކޯޓް އަމުރު ނެރެފި އެވެ.

އެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ލަންކާ ސްލޭވް އައިލެންޑް ޕޮލިސް ސްޓޭޝަންގެ ޕްރައިމް ބްރާންޗުގެ ކްރިމިނަލް ޑިވިޝަންގެ އިންޗާޖް އިންސްޕެކްޓާ އަރިޔާ ސިންހާ ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިދުޝާހުގެ އާއިލާގެ ބައެއް މެންބަރުންގެ ހާޒިރުގައި އިއްޔެ އޭނާގެ ޕޯސްމޯޓަމް ހަދާފައިވާ ކަމަށާއި އެ މައްސަލަަ އިތުރަށް ތަހުގީގު ކުރަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ހަށިގަނޑުގެ މުހިންމު ބައިތައް ނެގުމަށްފަހު މައި ލެބޯޓްރީއަކަށް ފޮނުވާފައިވާ ކަމަށެވެ.

އާރިޔާ ވިދާޅުވީ މިދުޝާހުގެ މަރުގެ ހަގީގަތް، ދެވަނަ ތަހުލީލް ރިޕޯޓްތަކަށްފަހު އެނގިގެންދާނެ ކަމަށާއި އެ ރިޕޯޓްގެ ނަތީޖާ މިމަހުގެ 22 ނުވަތަ 23 ގައި ލިބޭނެ ކަމަށެވެ. އޭގެ ކުރިން މި މައްސަލާގައި ހިމެނޭ ހަ މީހުންނާއި މަޑަގަސްކަރައިގެ އަންހެން މީހާއަށް ލަންކާއިން ނުފުރޭ ގޮތަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށެވެ.

\\\\\\\"އާއިލާގެ މެންބަރުންގެ ހާޒިރުގައި ޕޯސްޓްމޯޓަމެއް ހެދުމަށްފަހު، ދެވަނަ ޓެސްޓެއް ހަދަން ބޭނުންވާ ހަށިގަނޑުގެ މުހިންމު ބައިތައް މައި ލެބަށް ވަނީ ފޮނުވާފައި. އެ ރިޕޯޓް ލިބުމުން ކަނޑައަޅަން އެނގޭނީ މިއީ އަމިއްލައަށްވި މަރެއްތޯ ނުނީ އެކްސިޑެންޓެއްތޯ ނުވަތަ މަރާލީތޯ،\\\\\\\" އާރިޔާ ވިދާޅުވި އެވެ.

އާރިޔާ ވިދާޅުވީ މިހާދިސާ ހިނގި ވަގުތު މިދުޝާހުމެން ތިބި އެޕާޓްމަންޓުގައި ތިބި ތިން އަންހެނުންގެ ތެރެއިން ސްރީލަންކާގެ 29 އަހަރުގެ އަންހެން މީހާއާއި 23 އަހަރުގެ އަންހެން މީހާ ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންނަކީ މީގެކުރިން ވެސް ހަށިވިއްކުމުގެ ރިކޯޑް އޮތް ދެ މީހުން ކަމަށެވެ.

\\\\\\\"ލަންކާ ދެ އަންހެނުން މިހާރު ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި. ތަހުގީގަށް އެނގިފައިވަނީ އެ ދެ މީހުންނަކީ ދިވެހިންތަކެއް ލާރިދީގެން ގެންދިޔަ ދެ މީހުން ކަން. އެ މައްސަލައިގެ ތަހުގީގު ފަށާނެ މިމަހުގެ 25 ގައި. އެ ދެމީހުން ވެސް ހައްޔަރުކުރީ ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި،\\\\\\\" ކްރައިމް ޑިޝަންގެ ހެޑް ވިދާޅުވި އެވެ.

ޖައިކް ހިލްޓަންގެ 18 ވަނަ ބުރިން އެއެޕާމަންޓެއް ކުއްޔަށް ހިފައިގެން އެތަނަށް މިމަހުގެ 12 ވަނަ ދުވަހު މިދުޝާހު އާއި އޭނާ ހަތަރު ރައްޓެއްސަކު ޗެކިންވެފައިވާއިރު މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަރަށް ދަންވެފައިވަނި ކޮށެވެ.