06 Jun 2024, 23:04
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް އިންކް ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ އަގުބޮޑު ޕަބްލިކް ކުންފުނީގެ މަގާމު އެންވީޑިއާ ކޯޕަރޭޝަން ހޯދައިފިއެވެ.
އެ މަގާމު އެ ކުންފުންޏަށް ހޯދުނީ އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ތިން ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިއުމުންނެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޕްލިކޭޝަންތަކަށް ބާރު ދިނުމަށް ބޭނުންކުރާ ޗިޕްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ސެމިކޮންޑަކްޓާ ޖަޔަންޓް (އެންވީޑިއާ)ގެ ހިއްސާ މި އަހަރު ވަނީ އުފުލިފައެވެ.
މި އަހަރުގެ މިހާތަނަށް އެންވީޑިއާގެ ހިއްސާ ގާތްގަނޑަކަށް 147 އިންސައްތަ އުފުލިފައިވާއިރު، ޖެނެރޭޓިވް އޭއައި އިންގިލާބުގައި އެ ކުންފުނީގެ މުހިންމު ދައުރަށް އިންވެސްޓަރުން ދެގުނަ އިތުރުވެފައިވާއިރު، އެކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަނަށް ގާތްގަނޑަކަށް 1.8 ޓްރިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ.
މިދިޔަ ބުދަ ދުވަހު އެންވީޑިއާގެ ހިއްސާ ވަނީ ރެކޯޑް އަދަދަކަށް 1،224.40 ޑޮލަރަށް އަރައި، އެ ކުންފުނީގެ ވެލުއޭޝަން ތިން ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސް، އެޕަލްގެ މާކެޓް ކެޕް ފަހަތަށް ޖައްސާލައިފައެވެ.
މީގެ ކުރިން ވެސް އެޕަލް އަށް ވުރެ އެންވިޑިއާގެ އަގު މައްޗަށް ގޮސްފައިވެއެވެ. އެއީ 2002 ވަނަ އަހަރު އައިފޯން ތައާރަފް ކުރުމުގެ ކުރިން ދެ ކުންފުނީގެ އަގު 10 ބިލިއަން ޑޮލަރަށް ވުރެ ކުޑަކޮށް ހުރިއިރުކަމަށް ރިޕޯޓްތައް ބުނެއެވެ.
އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ގެންދަވަނީ އެ ކުންފުނީގެ އޭއައި ކުރިއެރުމުގެ ފުރުސަތުތަކާ މެދު އުފާ ކުރައްވަމުން ކަމަށްވާއިރު ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އޭއައި އެކްސެލެރޭޓަރުތައް އަޕްގްރޭޑް ކުރުމުގެ ވިސްނުން ގެންދަވަނީ ފުޅާ ކުރައްވަމުންނެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ޖެނެރޭޓިވް އޭއައި އުފެދުމަކީ އެންވީޑިއާ އިން ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރާ އާ ސިނާއީ އިންގިލާބެކެވެ.
އެންވީޑިއާ ކުރިއަރަމުން އަންނައިރު، އައިފޯނުގެ ޑިމާންޑް ދަށްވުމާއި ރެގިއުލޭޓަރީ ގޮންޖެހުންތަކުގެ ސަބަބުން އެޕަލް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އަދިވެސް ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން އެޕަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ބިލިއަނަށްވުރެ ގިނަ އެކްޓިވް ޑިވައިސްތައް އިންސްޓޯލްކޮށްފައިވާ ބޭސްއެއް ހިމެނޭ ޓެކް ކުންފުންޏެކެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެންވީޑިއާގެ އަގު އުފުލިގެން ދިއުމަކީ ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކަށް ވިޔަފާރީގެ ގޮތުން ލިބޭ ވަރަށް ބޮޑު ފުރުސަތެއްގެ ހެއްކެކެވެ.
ގޫގުލް އާއި މައިކްރޮސޮފްޓް ފަދަ ވާދަވެރިންގެ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި އެންވީޑިއާއަށް މިހާރު ވަނީ އޭއައިގެ އުއްމީދީ މަގުޗާޓު އެކުލަވާލުމަށް ޕްރެޝަރު ބޮޑުވެފައެވެ.
ތިން ޓްރިލިއަން ޑޮލަރުގެ ވެލިއުއޭޝަން މައިލްސްޓޯންގެ ސަބަބުން އެންވީޑިއާގެ ޖީޕީޔޫ އެކްސެލެރޭޓަރުފަދަ އޭއައި ޗިޕްތަކުގެ އެންޓަޕްރައިޒް ޑިމާންޑް ބޮޑުވާނެ ކަމުގެ އުއްމީދު ވެސް ވަނީ ބޮޑުވެފައެވެ.