16 Jun 2012, 12:44
އިއްޔެގެ ހުކުރު ވަގުތު ހދ. ކުޅުދުއްފުށީ \"ގޯލްޑް ޕެން\" ފިހާރަ ފަޅާލައި ވައްކަން ކޮށްފި އެވެ.
ކާނާގެ ބާވަތްތައް ވިއްކާ މި ފިހާރައިން ބުނީ އިއްޔެ ފިހާރަ ފަޅާލައިގެން ވަދެ 4000ރ. އާއި ދެ ފޯނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެގެ ހުކުރު ވަގުތު ގޯލްޑަން ޕެން ފަޅާލާފައި ވަނީ ފިހާރައިގެ ތަޅު ހަލަކުކޮށްލައިގެން ކަމަށާއި އެ ހާދިސާއާ ގުޅިގެން ދެ މީހައކު ހައްޔަރުކޮށް، ފައިސާގެ ބަޔަކާއި ދެ ފޯނު ހޯދާފައިވާ ކަމަށެވެ.