16 Aug 2010, 19:22
00:25
ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ލިބޭ ފަންނީ އެހީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
"އެގްރީމަންޓް އޮން ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ޖަޕާން އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެގްރީމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑޮކްޓަރު އަހްމަދު ޝަހީދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އެގްރީމަންޓްގައި ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޫނިއޯ ޓަކާހާޝީ އެވެ.
މި އެގްރީމަންޓް ގެ ދަށުން ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ލިބޭ ތަމްރީނުގެ ފުރުސަތުތަކާއި ޖަޕާނުން ވޮލަންޓިއަރުންނާއި އެކި ދާއިރާތަކުގެ މާހިރުންގެ ނައުމަށް ފަހި ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.