05 Jun 2024, 17:04
އެމެރިކަން ސެންޓަރުގެ ބޭރު ފާރުގައި ގްރެފިޓީ ލިޔުނު މީހާ އަދިވެސް ހައްޔަރު ނުކުރާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އެމެރިކާއާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ، އެމެރިކަން ސެންޓަރުގެ ބޭރުގައި "ޓެރެރިސްޓު" އަދި "ކުޑަކުދިން ގަތުލުކުރާ ބަޔެއް" ކަމަށް ލިޔެފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިކަން ކުރިމީހާގެ އެއްވެސް މައުލޫމާތެއް އަދި ހައްޔަރު ނުކުރެވިގެން އުޅޭ ސަބަބެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި މިވާހަކަ ފެތުރެމުންދަނީ، ފާރުގައި ލިޔުނީ ދިވެހި އާޓިސްޓަކު ކަމަށާއި އެއީ އާޓްވޯކެއް ކަމަށް ބުނެއެވެ.
އެ މައްސަލައިގައި އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.