ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީން މަޖިލީހަށް ވެއްދީ ވަރަށް ގިނަ ދުވަސްތަކަކެއް ވަންދެން އެވާހަކަ ތަކުރާރުކޮށް އެކި އެކި ޕޯޑިއަމްތަކުގަ އާއި ޓީވީ ޕްރޮގްރާމްތަކުގައި \\\\\\\\\\\\\\\"ހަރުކަށި ކަމާއެކު\\\\\\\\\\\\\\\" ދެއްކުމަށް ފަހު އެވެ. ނަމަވެސް ޝާހިދުގެ އިތުބާރު އޮތްތޯ ބަލަން ނެގި ވޯޓް ދިޔައީ ދިމާ އިދިކޮޅަށެވެ. އޭގެ އިތުރަށް މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ ތިން މެންބަރަކު ވަނީ ޕާޓީގެ ނިންމުމާ ދެކޮޅަށް ޝާހިދާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. ވޯޓް ނެގުނު ދުވަހު މި ވާހަކަ ދެކެވުނަސް މިއީ މީހުނަށް އެހާ ބޮޑަށް ވިސްނާލެވިފައި އޮތް ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްން ބޭފުޅުން ކޮޅެއް ވަކިވެ ވަޑައިގެންފައި ވަނިކޮށް އަނެއްކާ އިތުރު ތިން މެންބަރުން ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓް ދެއްވުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ.

ޝާހިދުގެ މައްސަލައިގައި އެމްޑީޕީގެ ނިންމުމާ ދެކޮޅަށް ވޯޓުދެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލެވެ. މީގެ ތެރެއިން އަހުމަދު ރަޝީދަކީ އެމްޑީޕީގެ އިސް ސަފުގައި \\\\\\\\\\\\\\\"ވަރުގަދަ\\\\\\\\\\\\\\\" ބޭފުޅެކެވެ. އަނެއް ދެބޭފުޅުންނަކީ ތަންކޮޅެއް މަޑުމައިތިރި ދެ ބޭފުޅުންނެވެ. އެކަމަކު އަހުމަދު ރަޝީދާއެކު އެ ދެބޭފުޅުން ނިންމެވި ނިންމެވުމަކީ އެބޭފުޅުންނަކީ އެހެން މަޑުމައިތިރިކޮށް ތިއްބެވި ބޭފުޅުން ނޫންކަށް ސާބިތުކޮށްދެއްވުމެކެވެ.

އަހުމަދު ރަޝީދު ވިދާޅުވާ ގޮތުގައި ޝާހިދުއާ އެއްކޮޅަށް އޭނާ ވޯޓު ދެއްވީ ޝާހިދަކީ ސިޔާސީ ވިސްނުމުން އެއްކިބާވެ ހުންނެވި، ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވާތީ އެވެ.
\\\\\\\\\\\\\\\"ސިޔާސީ ވިސްނުމުން އެއްކިބާވެ، ވަރަށް ރަނގަޅަށް ގައުމަށް އެހީތެރި ކަމެއް، އެއްޗެއް ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ އަދި ވިސްނުންފުޅާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމުގެ ބޭނުން ވެސް ކުރައްވާ ބޭފުޅެއް އަބްދުﷲ ޝާހިދަކީ. އަނެއް ސަބަބަކީ އެ ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީއްޖާ ވެސް އަޅުގަނޑުމެންނަށް ފެންނަން އޮތީ،\\\\\\\\\\\\\\\" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސް ކުރުމަކީ މަޖިލިސް ހަލަބޮލި ކުރުމަށް ކޮށައި ދެވޭ މަގެކެވެ. އެހެންވެ އެކަން ކުރައްވަން ބޭނުންފުޅުވެ ވަޑައި ނުގެންނެވީ އެވެ.

\\\\\\\\\\\\\\\"ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮތީ [ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ދިނުމަށް]. އެހެންވިޔަސް އަޅުގަނޑަށް ވިސްނުނީ އަދި އަޅުގަނޑުމެންނަށް ރަނގަޅީ ޝާހިދު ރިޔާސަތުގައި އިންނެވިއްޔާއޭ،\\\\\\\\\\\\\\\" ހުސައިން ވަހީދު ވިދާޅުވި އެވެ. އަނެއްކޮޅުން އާދިލް ވިދާޅުވިގޮތުގައި މަޖިލީހުގެ ރައީސް ކަމުގައި ޝާހިދު ކަންތައް ކުރައްވާ ގޮތަށް އެހެން ބޭފުޅަކަށް ކަންތައް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެމްޑީޕީގެ ވިސްނުމާއި ދެކޮޅަށް ޝާހިދަށް އިތުބާރު ދެއްވީ އެހެންވެ އެވެ.

މި ތިން މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ޝާހިދުގެ ވާހަކަ އެވެ. ނަމަވެސް މިއިން އެހެން ކަމެއް ދޭހަ ކޮށްދެ އެވެ. އެމްޑީޕީގެ ވަރުގަދަ ނިންމުންތަކަށް ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި \\\\\\\\\\\\\\\"ނޫނެކޭ\\\\\\\\\\\\\\\" ބުނަން ފެށި ފެށުން އެއަށް ވުރެ ވަރުގަދަވަމުން ބޮޑުވަމުން ދާދިއުމެވެ. ހަމައެކަނި އެ ބޭފުޅުން ބަސް ވިދާޅުވުމުގައި ބޭނުންފުޅު ކުރައްވާފައިވާ ލަފުޒުތަކަށް ވިސްނާލިޔަސް އެއްޗެއް ދޭހަވާ ވަރު ވެއެވެ.

\\\\\\\\\\\\\\\"މިއިން ދައްކައި ދެނީ އެމްޑީޕީގެ ނިންމުންތައް ރަނގަޅު ނޫން ކަމަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުން ވިދާޅުވާން ފެށުން. އަދި ރައީސް މުހައްމަދު ނަޝީދުގެ ރޭއްވެވުންތައް ތިމަންނަމެން ބަލައެއް ނުގަންނަމޭ ވިދާޅުވާން ފެށުން. މިސާލަކަށް އެބޭފުޅުން ވޯޓް ގައި ބައިވެރި ނުވި ނަމަވެސް އަދި ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޝާހިދުގެ ވޯޓް ކާމިޔާބު ވީސް. އެކަމަކު އެބޭފުޅުން ދެކޮޅަށް ވޯޓް ދެއްވުން ސާބިތު ކޮށްދެނީ އެމްޑީޕީން ކޮންމެ އެއްޗެއް ކިޔަސް މިހާރަކު ގަބޫލެއް ނުކުރެވެއޭ ވިދާޅުވުން،\\\\\\\\\\\\\\\" މީގެ ކުރިން އެމްޑީޕީގައި ހުންނެވުމަށް ފަހު ވަކިވެ އާ ލީޑާޝިޕެއްގެ ތެރެއަށް ވަޑައިގެންނެވި ބޭފުޅަޅު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް ކަމުގެ ހުވާކުރެއްވުން ޝާހިދު އަވަސް ކުރައްވައިގެންކަން އެ މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ބަސްމަގުން ދޭހަވާވަރު ވިއެވެ. އެ މައްސަލައިގައި އެމްޑީޕީއާ ދެކޮޅަށް އެޕާޓީގެ ތިން މެންބަރަކު ވޯޓް ދެއްވުމުން ޝާހިދުގެ އިތުބާރާއެކު ފެނިގެން އެދިޔައީ އެމްޑީޕީގެ އިތުބާރު ގެއްލެމުންދާ ތަނެވެ.

\\\\\\\\\\\\\\\"ތިން މެންބަރުންގެ ވޯޓުން އެ ސާބިތު ކޮށްދެއްވީ އެމްޑީޕީ ބޭނުން އެއްޗެއް ހަދަން ފުރުސަތު ދޭކަށް ބޭނުން ފުޅެއް ނޫނޭ. އަދި ވެސް އެމްޑީޕީއަށް ނޫނެކޭ ބުނާ ބޭފުޅުން ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން ފެނިގެންދާނޭ. އަހުމަދު ރަޝީދު އެބައޮތް ވަރަށް ޑައިރެކްޓް ސްޕީޗެއް މިހާރު ވެސް ދެއްފައި [ވަރަށް ސީދަލަށް މިހާރު ވެސް ވިދާޅުވެފައި]\\\\\\\\\\\\\\\"

ރައްޔިތޔުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރުގިއްޔާ މުހައްމަދު ވިދާޅުވި ގޮތުގައި ޕާޓީގެ ނިންމުމާ ޚިލާފަށް ވޯޓު ދެއްވުމަކީ ގަބޫލުކުރަން ދަތިކަމެކެވެ. އާދިލާއި ވަހީދާއި ރަޝީދު އެގޮތަށް ވޯޓުދެއްވީ \\\\\\\\\\\\\\\"ޝާހިދާއި މެދު އޮންނަ ގާތްގުޅުމެއް\\\\\\\\\\\\\\\" ގެ ސަބަބުންނެވެ. އެއީ ކޮން ގުޅުމެއް ހެއްޔެވެ؟ އެއީ އޮތް \\\\\\\\\\\\\\\"ގުޅުމެއް\\\\\\\\\\\\\\\" ކަމަށް ވަންޏާ އިތުބާރުގެ މައްސަލައިގެ ކުރިން އެކަން ބެއްލެވި ނަމަ ފަހުން މިދިމާވި މައްސަލައިން ސަލާމަތް ވެވުނީހެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މަލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވިގޮތުގައި ޕާޓީން ތްރީލައިން ވިޕެއް ނެރުމުން އެކަމާ ދެކޮޅަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެ އެވެ. ހިތާއި ދެކޮޅަށް ވެސް ވޯޓު ދޭންޖެހެނެ އެވެ. އަދި ޕާޓީގެ ނިންމުމާ ޚިލާފަށް ގަސްތުގައި ވޯޓު ދެއްވި މެންބަރުންނާ މެދު ފިޔަވަޅު އަޅަން ގޮތެއް ނިންމާނެ އެވެ.

\\\\\\\\\\\\\\\"ތްރީލައިން ވިޕް ނެރުނީމާ ދެން ޖެހޭނީ އެއަށް ތަބާވަން! ހިތާއި ދެކޮޅަށް ވެސް ތަބާވާން ޖެހޭނީ،\\\\\\\\\\\\\\\" އިންތި ވިދާޅުވި އެވެ.

ރުގިއްޔާ އާއި އިންތި އެހެން ވިދާޅުވާއިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އެމްޑީޕީއާ ދެކޮޅަށް ތިން މެންބަރުން ވޯޓް ދެއްވާފައި ވަނީ އެމްޑީޕީގެ ނިންމުމަކީ ރަނގަޅު ނޫން ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރެއްވިގެނެވެ. އަދި ބައެއް އެހެން މެންބަރުން ވިދާޅުވީ އެއީ ތިން މެންބަރުންގެ ވޯޓާއި އޭގެ ކުރިން ޝިފާގު މުފީދު އެމްޑީޕީއާ ދެކޮޅަށް ދެއްވި ވޯޓަކީ ހަގީގަތް އޭގެ ޒާތަށް \\\\\\\\\\\\\\\"އެމްޑީޕީގެ ތޮށިގަނޑު ފަޅާލާފައި ބޭރަށް ނުކުތުން\\\\\\\\\\\\\\\" ނުވަތަ އެކަން ފެށިގެން އައުމެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވެސް އެމްޑީޕީގައި ހުންނެވި އިރު އެވެ. އޭނާ ވިދާޅުވާ ގޮތުން އެ މައްސަލަ މަޖިލީހަށް ވެއްދި އިރުވެސް އެމްޑީޕީގެ ގިނަ ބަޔަކު އެކަމާ ދެކޮޅެވެ. އަދި ދިމާއަށް ގެންދިޔައީ ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމަކީ ޕާޓީގެ ވިޕްލައިނާއި ޚިލާފަށް އެ ތިން ބޭފުޅުން ވޯޓުދެއްވުމުގައި ހިތްހަމަ ނުޖެހޭ ކަމަށް ހާމަ ކުރުމާއި ފިޔަވަޅު އަޅަން މަޝްވަރާ ކުރާނެ ކަމަށް ބުނުމެވެ. އެއިން ކަމެއް އަދިއެއް ނުފެނެ އެވެ. ޕާލެމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެކަމަކީ ޕާޓީގެ މެންބަރުންނާއި ޕާޓީގެ ލީޑާޝިޕުން ހިތްހަމަ ނުޖެހިފައިވާ ކަމަކަށް ވިޔަސް އެ މެންބަރުންނާއި މެދު އަޅާނެ ފިޔަވަޅަކާ މެދު ވެސް މިހާތަނަށް މަޝްވަރާ ކުރެވިފައެއް ނުވެއެވެ.

އެމްޑީޕީއަކީ އާންމު ގޮތެއްގައި ކަންކަމުގައި ގޮތް ނިންމުން އަވަސް ޕާޓީއެކެވެ. މި މައްސަލައިގައި ގޮތެއް ނުނިމިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ވޯޓްގެ ސަބަބުން އެމްޑީޕީ ކިތަން މެ ނުރުހިފައި އޮތަސް އެ ތިން ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމުގައި އަވަސް އަރައިގަންނާކަށް ނުކެރޭނެ އެވެ. ސަބަބަކީ އެމްޑީޕީން މެކުހަށް ޖަހާފައި މެންބަރުން ހޯދި ގޮތަށް ދުލި ފަޅައިގެން ދިއުމުން ރާސްލާފައި މެންބަރުންތައް ބޭރުވެގެން ހިނދައިނެތީ އަދި އެ މަންޒަރުގެ ހަޑި ކަމަށްޓަކައި ބުރަކި ޖައްސާލަން މަޖުބޫރުވުމެވެ. މީގެ ކުރިން އަބްދުﷲ އަބްދުއް ރަހީމާއި ޝިފާގު މުފީދާއި އަލްހާން ފަހުމީ ޕާޓީން ވަކި ވަޑައިގެންފައިވާއިރު މިހާރުގެ އަޑު ހުރީ އިތުރު ބޭފުޅުން ކޮޅެއް \\\\\\\\\\\\\\\"ފާލަން މަތީގައި\\\\\\\\\\\\\\\" ތިއްބެވި ކަމަށެވެ. އެހެންކަމަށް ވާނަމަ ދުލިފަޅައިގެން ގޮސް ހިފެހެއްޓުމުގެ ސްޓެބިިލިޓީ ގެއްލިއްޖެނަމަ އެއީ އެމްޑީޕީއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެ އެވެ.