15 Jun 2012, 16:30
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑްން ކޮޅަށް ޔުކްރޭނުގެ އަންދްރޭ ޝެވްޗެންކޯ ޖެހި ދެ ގޯލު އެ ގައުމުގެ ޓީވީތަކުންނާއި ބޮޑު ސްކްރީންތްކުގައި ކޮންމެ ފަސްމިނިޓަކުން އެއްފަހަރު ދައްކަމުން އެބަދެ އެވެ.
އުމުރުން 35 އަހަރުގެ ޝެވްޗެންކޯ އަކީ ޔުކްރޭނުގެ ގައުމީ ޓީމަށް އެންމެ ޅަ އުމުރުގަ އާއި އެންމެ ދޮށީ އުމުރެއްގައި ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އުމުރުން 19 އަހަރުގައި ގައުމީ ޓީމަށް ގޯލު ޖަހައިދިން ސްވްޗެންކޯ ސްވިޑްން ކޮޅަށް ޖެހި ދެ ގޯލާއެކު ވެފައިވަނީ ދެ ވަނަ އަށް އެންމެ ދޮށީ އުމުރުގައި ވޯލްޑް ކަޕާއި ޔޫރޯގައި އެއްމެޗެއްގައި ދެ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ވެސް ވަނީވެފަ އެވެ.
ނަމަވެސް ސްވިޑްން މެޗު ނިންމާފައި ގެއަށް ދަނިކޮށް ކާރުއެކްސިޑެންޓެއްގައި އޭނާ އަށް ވަނީ ހާނިއްކަވެފަ އެވެ. ނަމަވެސް އޭނާ އަށް މާބޮޑު ގެއްލުމެއްނުވާތީވެ މިރޭ ފްރާންސާ ދެކޮޅަށް ކުޅޭނެ އެވެ.
ޝެވްޗެންކޯ އަކީ އޭސީ މިލާނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ޗެލްސީގެ ކުރީގެ ފޯވަޑެވެ.