15 Jun 2012, 16:21
ސްވިޑްންއާ ދެކޮޅަށް އިނގިރޭސި ޓީމު މިރޭ ކުޅޭ މުހިންމު މެޗުގައި އެންޑީ ކެރޯލަށް ފުރުސަތުދީ ޓީމަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
ދެ ވަނަ ބުރަށް ދިއުމަށް ދެ ޓީމު ވެސް ކޮންމެހެން މޮޅުވާން ޖެހޭ މެޗުގައި އިނގިރޭސި ޓީމުގެ ކުރި ބަލަހައްޓާނީ މެންޗެސްޓާގެ ޑެނީ ވެލްބެކާއި ލިވަޕޫލްގެ އެންޑީ ކެރޯލް އެވެ. މި ބަދަލާއެކު އޭޝްލީ ޔަންގް ކުޅޭނީ އަރިމަތިން ކުރިއަށެވެ. ކަނާތް ފަރާތު އަރިމަތިން ޖޭމްސް މިލްނާގެ ބަދަލުގައި ތިއޯ ވޮލްކޮޓް ކުޅެން އެރުމުކީ ވެސް ފަހު ވަގުތު އަތުވެދާނެ ބަދަލެކެވެ. އަދި ފްރާންސް އަތުން 1-1 އިން އެއްވަރުވި މެޗުގައި ސްޓާޓްކުރި އޮކްސްލޭޑް ޗެމްބަލައިން އިންނާނީ ބެންޗުގަ އެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ނުކުންނައިރު އިނގިރޭސި ޓީމުގެ ގްލެން ޖޯންސަންގެ ބޮޑުވާ އިނގިލީގައި ވަނީ އިންފެކްޝަނެއް އުފެދިފަ އެވެ.
ނަމަވެސް ކެޕްޓަން ސްޓީވަން ޖެރާޑް ބުނީ ފްރާންސް މެޗުގައި މަސައްކަތްކުރި ވަރަށް މިރޭ މަސައްކަތްކޮށްފިނަމަ ތިން ޕޮއިންޓް ލިބޭނެ ކަމަށެވެ.
ކޯޗު ހޮޑްސަން ބުނީ ސްވިޑްން އަކީ ގޮތް ނޭނގޭ ޓީމެއް ކަމަށާއި އެމީހުން ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެފާނެ ކަމަށެވެ.
މިރޭގެ މެޗަށް ސްވިޑްން ނުކުންނައިރު ޓީމުގެ ފަހަތަށް ނޫނީ ބަދަލު ނުގެނެނާނެ އެވެ.