15 Jun 2012, 16:18
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިއްދޫ ބުރާންޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އެ ބްރާންޗުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.
ދިވެހި ބޭންކުން ބުނީ މިހާރު އެ ބްރާންޗް ބަދަލު ކުރަނީ ދިއްދޫ ބަނދަރު ސަރަހައްދަށް ކަމަށާއި ބަދަލު ގެނައުމަށް ނިންމީ އެ ސަރަހައްދަކީ ސަރުކާރުގެ އެހެން އޮފީސްތަކާއި ކައިރި ހިސާބަކަށްވުމުން ހިދުމަތް ހޯދުމަށް އެ ރަށަށްދާ މީހުނަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ.
ބޭންކުން ބުނީ އަލަށް ބަދަލުވާ އިމާރާތުގައި މިހާރަށްވުރެ ފުރިހަމަ ގޮތުގައި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ދޭނެ ކަމަށެވެ. އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ދިވެހި ބޭންކްގެ 25 އޭޓީއެމް ހުރެ އެވެ.