ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފިއެވެ.

މިގޮތުން ތިން އުމުރުފުރައަކަށް ބަހާލައިގެން ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ދުވުމުގައި 760 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއެވެ.

މިފަހަރުގެ ބީއެމްއެލްގެ ވާއު ކިޑްސް ރަން އަށް ވެސް ބޮޑު ތަރުހީބެއް--ފޮޓޯ: ބީއެމްއެލް

ދުވުމުގެ އުމުރުފުރާތައް:

  • 3 އަހަރާއި 5 އަހަރާ ދެމެދު

  • 6 އަހަރާއި 8 އަހަރާ ދެމެދު
  • 9 އަހަރާއި 11 އަހަރާ ދެމެދު

ބީއެމްއެލް އިން ބުނީ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ދުވުމެއް ކަމަށެވެ.

މިފަހަރުގެ ބީއެމްއެލްގެ ވާއު ކިޑްސް ރަން އަށް ވެސް ބޮޑު ތަރުހީބެއް--ފޮޓޯ: ބީއެމްއެލް

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް އެއް ދީފައެވެ.

ބީއެމްއެލްގެ ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި އަށްވަނަ އަހަރެވެ.