ބައްފައަކު އޭނާގެ 18 އަހަރުން ދަށުގެ ތިން ދަރިންނާއެކު ބަދުއަހުލާގީ ޢަމަލު ހިންގި މައްސަލައެއްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެއްމާބަނޑު ދެ ކުދިންނާއެކު ބައްޕައަކު ބަދުއަހުލާގީ އަމަލުހިންގަމުން ދާކަމަށް ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން މިއަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ބައްޕަ އޭނާގެ ދަރިންނާ ބެހުނު މައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ގުޅިގެން ބެލިބެލުމުން އެނގިފައިވަނީ އެއްމާބަނޑު ދެ ކުދިންގެ އިތުރުން އޭނާގެ އިތުރު ދަރިއަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާކަން ތަހުގީގަށް އެނގުނު ކަމަށެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ނިންމުމަށް ފަހު އޭނާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.