ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އަތުން ޖަރުމަނު 1-0 އިން މޮޅުވި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނު ނޭދެވޭ ކަންތައްތަކާހުރެ ޔޫއޭފާއިން އެ ދެ ގައުމު ޖޫރިމަނާ ކޮށްފި އެވެ.

ޖާމަނީ ޓީމު 10000 ޔޫރޯއިން ޖޫރިމަނާ ކުރި އެއް ސަބަބަކީ ސަޕޯޓަރުން ޕޯޗުގަލްގެ ދަނޑަށް މިސައިލެއް އެއްލުމުންނެވެ. އަދި ތަކުރާރުކޮށް ނަސޭހަތްދެމުންދަނިކޮށް ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ ދިމާލަށް ކަރުދާސް ވެސް އުކައިފަ އެވެ.

ޕޯޗުގަލް 5000 ޔޫރޯއިން ޖޫރިމަނާ ކުރީ ދެ ވަނަ ހާފަށް ނުކުންނަން ޖެހޭ ވަގުތަށްވުރެ ކުޑަތަންކޮޅެއް ފަހުން ނުކުތުމުންނެވެ.