14 Jun 2012, 22:07
ތިން ރަށެއްގެ ފަސް ކައުންސިލެއްގެ ފަސް މެންބަރަކު ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ އިން މިއަދު ބުނީ އެ ޕާޓީ އަށް ސޮއި ކުރީ ހދ. ކުނބުރުދޫގެ ތިން ކައުންސިލް މެންބަރަކާއި އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކާއި އެ އަތޮޅު ދިއްދޫގެ ކައުންސިލް މެންބަރެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ އަދި ކައުންސިލް މެންބަރު މުހައްމަދު އިމްތިޔާޒް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރެއްވީ ހދ. ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒީމު އާއި އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާދަމްގެ އިތުރުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝަފީގު ކަމަށެވެ. އަދި ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޒިއާ އާއި ހަންޏާމީދޫ ކައުންސިލް މެންބަރު ސައުދުއްﷲ މޫސާ ވެސް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވާ ކަމަށް ވެސް ޖުމްހޫރީ ޕާޓީ އިން ބުންޏެވެ.
އޭނާ ވިދާޅުވީ އެ މެންބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިއަދު ކަމަށެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ އިތުރު އާންމު ފަރާތްތަކެއް އަންނަ ހޮނިހިރު ދުވަހު ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިތުރު މެންބަރުންތަކެއް މިއަދު ވަރަށް އަވަށް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.