14 Jun 2012, 18:22
ޔޫރޯގައި ސްޕޭނުގެ ކުޅުންތެރިން ކުޅެމުންދާ \"ޓިކީޓަކާ\" ސްޓައިލްގެ ކުޅުމަށް ރެއާލް މެޑްރިޑުގެ ކޯޝު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.
ޓިކީޓަކާ އަކީ ބާސެލޯނާގެ ޕާސިން ގޭމަށް ކިޔާ ފުޓްބޯޅައިގެ ވަނަމެވެ.
މޮރީނިއޯ ބުނީ ސްޕޭނުގެ ގައުމީ ޓީމުން ބާސެލޯނާގެ އަސަރު ކުޑަކުރަން ވެއްޖެކަމަށާއި ބާސެލޯނާގެ ސްޓައިލަކީ މިހާރު އެންމެން ހިތުދަސް ބާވެފައިވާ ފޯމިއުލާއެއް ކަމަށެވެ.
ނަމަވެސް މޮރީނިއޯގެ ފާޑުކިއުމަށް ސްޕޭނުގެ ކޯޝު ވިސެންޓޭ ޑެލްބޮސްކޭގެ މާބޮޑު ފަރުވާލެއްނެތެވެ. ސަބަބަކީ ސްޕޭން ޓީމުގެ މެދުތެރޭގައި ގިނައީ ބާސެލޯނާގެ ކުޅުންތެރިން ކަމަށްވުމެވެ. އަންދްރޭސް އިނިއެސްޓާ އާއި ޒަވީ އަދި ސެސް ފަބްރިގާސް އާއި ސާޖިއޯ ބުސްކެޓްސް އަކީ ބާސެލޯނާގެ ކުޅުންތެރިން ކަމަށްވުމުން ސްޕޭން މުބާރާތުގައި ބާސެލޯނާގެ ސްޓައިލް ދަމަހައްޓާނެ ކަމަށް ތަޖުރިބާކާރުން ވެސްބުނެ އެވެ.
ކޯޗު ޑެލްބޮސްކޭ ވެސް ބުނީ ސްޕޭނުގެ ޓީމު ބިނާވާނީ މިޑްފީލްޑަރުންގެ ކުޅުމަށް ކަމަށާއި މި ފޯމިއުލާގައި އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވުމުން މި ފަހަރު ވެސް ކާމިޔާބު ނުލިބެންވީ ސަބަބެއް ނެތް ކަމަށެވެ.