ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) އިން ޚިދުމަތްދޭ ބޭސް ފިހާރަތަކުގެ ސްފްޓްވެއާ މަސައްކަތެއް ކުރަން މާދަމާ އެ ތަންތަން ބަންދުކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނީގެ ބޭސް ފިހާރަތަކުން ދޭ ޚިދުމަތް ފުޅާކުރަން، މިހާރު ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑްކުރުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންވެ، މާދަމާ ފާމަސީތަކުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންނަމަވެސް، އެސްޓީއޯއިން ބުނީ އިމަޖެންސީ ހާލަތްތަކުގައި ބޭސް އެ ކުންފުނީގެ ފާމަސީތަކުން މާދަމާ ވެސް ދޫކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސްފިހާރައެއް ހުންނައިރު އެސްޓީއޯއިން އަންނަނީ ރާއްޖެއިން ނުލިބޭ ބޭސްތައް ވެސް އެ ކުންފުނީގެ ބޭސްފިހާރަަތަކަށް ގެނެސްދެމުންނެވެ.