14 Jun 2012, 18:14
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ފިޔަވަހީގެ ކުޅުން މާދަމާ ރޭ ނިމުމަކަށް އަންނައިރު މިހާތަނަށް އެންމެ ރަނގަޅު 16 ކުޅުންތެރިއަކު ތަޖުރިބާކާރުންގެ ޓީމަކުން ހޮވައިފި އެވެ.
މި ޓީމު ހޮވީ ނޫސްވެރިންނާއި ކޯޗުން އަދި ސަޕޯޓަރުންގެ ވޯޓު ވެސް ހިމަނައިގެންނެވެ.
މި ޓީމުގައި ހިމެނެނީ އިނގިރޭސި ޓީމުގެ އޭޝްލީ ކޯލް އާއި ޖޯން ޓެރީ އަދި ފްރާންސްގެ ސާމިރު ނަސްރީ އާއި ޔޯހަން ކްބާޔޭގެ އިތުރުން ޑެންމާކުގެ ޑެނިއަލް އެގާ އާއި ސްޕޭނުގެ އަންދްރޭސް އިނިއެސްޓާ އާއި ޒަވީ އަދި ކްރޮއޭޝިޔާގެ މެންޒުކިޗް އާއި ރަޝިޔާގެ އެލަން ޒަގޮއޭވް އަދި އިޓަލީގެ އަންދްރޭ ޕީރްލޯ އާއި ކްރިސްޓިއަން މަގިއޯ އަދި ޔުކްރޭނުގެ އަންދްރޭ ޝެވްޗެންކޯ އާއި ސްވިޑްންގެ ލާޓަން އިބްރަހިމޮވިޗެވެ.
މި ޓީމު ނަގާފައިވަނީ ރޭ ޖާމަނީ އާއި ނެދަލޭންޑްސް ކުޅުނު މެޗުގެ ކުރިންނެވެ.