ފްރާންސްގައި 2016 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ރަޝިޔާ ކޮލިފައިނުވެދާނެ ކަމުގެ ބިރު ޔޫއޭފާއިން ބޮޑުކޮށްފި އެވެ.

މިފަހަރުގެ ޔޫރޯގައި ރަޝިޔާގެ ސަޕޯޓަރުން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޔޫއޭފާއިން ވަނީ ރަޝިޔާ 120000 ޔޫރޯއިން ޖޫރިމަނާކޮށް އެގައުމަށް އިންޒާރުދީފަ އެވެ. އެއީ ސްޕޯޓަރުންގެ ހަޅުތާލުކުރުމުގެ ކަންތައް ނުހުއްޓައިފިނަމަ ޔޫރޯ ކޮލިފައިންގައި ހަ ޕޮއިންޓް މަދުކުރުމަށެވެ.

ރަޝިޔާގެ ސަޕޯޓަރުން ވަނީ ފުރަތަމަ މެޗުގައި ދަނޑުގެ ސެކިއުރިޓީންނަށް ހަމަލާދީ 20 މީހަކު ޒަހަމް ކޮށްލައިފަ އެވެ. މީގެ އިތުރުން ޕޮލެންޑާއެކު ކުޅުނު މެޗުގައި ވަަނީ އެގައުމުގެ ސަރުކާރުގެ ހުއްދަނެތި ސިޓީ ސެންޓަރުން ފެށިގެން ސްޓޭޑިއަމާ ހަމައަށް ޕެރޭޑް ބާއްވައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ރަޝިޔާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ބާއްވާ ގައުމެވެ. މިފަހަރުގެ ޔޫރޯގައި އެމީހުން ވަނީ ގްރީސް އަތުން މޮޅުވެ ޕޮލެންޑާ އެއްވަރުކޮށްފަ އެވެ.