ބޮލީ ވުޑްގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަނާއި އޭނާ އާއިލާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ރިތިކާއި އޭނާގެ އަންހެނުން ސުޒެއިން ހާން އަދި ދެ ދަރިން، ރެހާން އާއި ރިދާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި ރިތިކް ރާއްޖޭގައި ހަފްތާއެއްހާ ދުވަހު މަޑުކުރާނެ ކަމަށް ވެސް ބުނެ އެވެ. ނަމަވެސް ރިތިކް ރޯޝަންއާ ގުޅޭނެ ގޮތެއް ނުވުމުން އޭނާގެ ބަހެއް ލިބިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިތިކް އާއި އޭނާގެ އާއިލާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯސީޒަން ރިސޯޓްގައި ކަމަށް ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި އާއްމުވެފައިވާ އިރު އެކަމާ ބެހޭ ތަފްސީލެއް ރިސޯޓްގެ ފަރާތުން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރިތިކް ރޯޝަން އާއިލާ އާ އެކު ރާއްޖެ ޒިޔާރަތްކޮށްފައި މިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުކެނޑުމެއް ނެތި \\\\\\\\\\\\\\\"ކްރިސް3\\\\\\\\\\\\\\\"ގެ މަންޒަރުތައް ނެގުމުގައި ވަރަށް ބުރަކޮށް އުޅުމަށް ފަހު ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.