14 Jun 2012, 17:45
ޖުވެނައިލް ކޯޓުގައި ވަކާލާތުކުރުމަށް ބޭނުންވާ ގާނޫނީ ވަކީލުން ކޯޓުގައި ރަޖިސްޓަރީވުމުގެ ފުރުސަތު އެ ކޯޓުން ވެސް ހުޅުވާލައިފި އެވެ.
ޖުވެނައިލް ކޯޓުން މިއަދު ބުނީ ވަކާލާތު ކުރަން ބޭނުންވާ ވަކީލުން އެކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަ ކުރެއްވުމަށް ފަހު މިއަދުން ފެށިގެން އެ ކޯޓަށް ހުށަހެޅުއްވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ޖުވެނައިލް ކޯޓުން ބުނީ ފޯމު ހުށަހަޅުއްވާ އިރު، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދައިގެ އަސްލާއި އޭގެ ކޮޕީގެ އިތުރުން އައިޑީކާޑާއި އޭގެ ކޮޕީއެއް ވެސް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޖުވެނައިލް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ވެސް ވަނީ އެ ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ހުޅުވާފަ އެވެ.