އިޓަލީ އާއި ކްރޮއޭޝިޔާ މިރޭ ކުރިމަތިލާ މެޗަކީ އިސްކޮޅާ ދެކޮޅަށް ސްޕީޑް ނެރެންޖެހޭ މެޗެކެވެ. ކްރޮޢޭޝިޔާ އަކީ މިފަހަރުގެ ޔޫރޯގައި ކުޅޭ އެންމެ އިސްކޮޅުން ދިގު ޓީމެވެ. އެމީހުން އެވްރެޖް ދިގުމިނަކީ ހަ ފޫޓް އެއް އިންޗި އެވެ. އެމީހުން ކޮލިފައިންގައި ޖެހި 23 ގޯލުގެ ތެރެއިން 9 ގޯލަކީ ވެސް ބޮލުން ޖެހި ގޯލުތައކެވެ. އަޔަލޭންޑް ކޮޅަށް މާރިއޯ މެންޒުކިޗް ޖެހި ދެ ގޯލަކީ ވެސް ބޮލުން ޖެހި ގޯލުތަކެވެ. ކަންމިހެން އޮތްއިރު އިޓަލީ އަކީ މިފަހަރުގެ ޔޫރޯގައި ކުޅޭ އެންމެ ކުރު ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. އިޓަލީ ޓީމުގައި ހުރި އެންމެ ދިގު ކުޅުންތެރިޔާގެ އިސްކޮޅަކީ ފަސް ފޫޓު ފަސް އިންޗި އެވެ. މިހެންވެ އިސްކޮޅާ ދެކޮަޅަށް އިޓަލީ އަށް ޖެހޭނީ ސްޕީޑް ކުރިއަށްނެރެންޖެހޭނެ އެވެ.

އަނެއްކޮޅުން އިޓަލީ އެންމެ ކަންބޮޑުވާ ކަމަކީ މީގެ ކުރިން އެމީހުން ކްރޮއޭޝިޔާ އަތުން މޮޅުވެފައިނުވާތީ އެވެ. އެ ގައުމު މިނިވަންވި ފަހުން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކްރޮއޭޝިޔާ ކާމިޔާބުކުރި އިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި މި ދެބައިމީހުން ކުރިމަތިލީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. އެ މެޗު ވެސް 2-1 އިން ކާމިޔާބު ކުރީ ކްރޮއޭޝިޔާ އެވެ.

އަނެއްކުޅުން މިރޭގެ މެޗާ މިދެބައި މީހުން ކުރިމަތިލާއިރު ފޯވަޑަކު ނެތި ސްޕޭނާ ދެކޮޅަށް އިޓަލީގެ ތިން މީހުންގެ ޑިފެންސް ކިތަންމެ މޮޅަށް ކުޅުނަސް މިރޭގެ މެޗުގައި ފަސޭހަނުވާނެ އެވެ. ނަމަވެސް އަންދްރޭ ޕީރްލޯގެ ތަޖުރިބާއާއި މޮޅު ކުޅުމާއެކު ސްޕޭނުގެ ޕާސްރޭޓް ދަށްކޮށް ބޯލް ޕޮޒިޝަންގެ ބޮޑުބައި އިޓަލީއަށް ކޮންޓްރޯލް ކުރެވިފަިއވުމަކީ އެމީހުންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އަނެއްކޮޅުން ސްޕޭނުގެ ކީޕަރު އިކާ ކަސިޔާސް ލައްވައި ނުރައްކާތެރި ފަސް ސޭވް ކުރެވުނު ކަމީ ވެސް އިޓަކީ އަށް އޮތް އިތުބާރެކެވެ. މިރޭގެ މެޗަށް ނުކުންނައިރު އިޓަލީގެ ކޭމްޕުން ބުނަނީ މާރިއޯ ބަލްޓޮއްލީ ފަދަ ކުޅުންތެރިން ކުޅުމުން ބޭރުކުރަން ސަޕޯޓަރުން ކުރާ ކަންތައްތަކުން ސަލާމަތްވުމުގެ ހިތްވަރުު އިޓަލީގެ ކޮންމެ ކުޅުންތެރިއެއްގެ ކިބާގައިވެސް ހުންނާނެ ކަމަށާއި މިރެއަކީ އެމީހުންގެ ފަހަރު ކަމުގައި ހަދާނެ ކަމަށެވެ. ނަމަވެސް ކުރީ މެޗާާ ހިލާފަށް ބަލެޓޮއްލީގެ ބަދަލުގައި ސްޓާޓްކުރުން ގާތީ ފަހު ހާފުގައި ނުކުމެ ސްޕޭން ކޮޅަށް ގޯލު ޖަހައިދިން އެންޓޯނިއޯ ޑިނަޓާލޭ އެވެ.