28 May 2024, 23:10
މާލޭގެ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި އިތުރު މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މާފަންނު ގެސްޓްހައުސެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅެނިކޮށް ފުލުހުން ހޯދީ މިދިޔަ ހުކުރު ދުވަހުގައެވެ.
ފުލުހުން މައުލޫމަތު ދިން ގޮތުގައި ނޭޕާލު ފިރިހެން މީހާ ފެނުނުއިރު، އޭނާގެ ހާލު ރަނގަޅެވެ.
މީގެ ކުރިން މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށެވެ. އެއީ ވެސް ބަންގްލަދޭޝްގެ މީހެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަހުން ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ފުލުހުން ވަނީ، ރަހީނު ކުރުމުގެ އް މި މަހުގެ 16ވަނަ ދުވަހާ ހަމައަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން، ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗް މަހެވެ. އެއީ 10 މައްސަލައެވެ.