14 Jun 2012, 14:20
ސްރީލަންކާގެ ވެރިރަށް ކޮލަންބޯގެ ޖައިކް ހިލްޓަން ރެސިޑެންސުން ވެއްޓި މަރުވި ގ. މާވެނި މުހައްމަދު މިދުޝާހު،37، ވެއްޓުނީ އެ އިމާރާތުގައި އޭނާ ހުރި އެޕާޓްމަންޓްގެ ބެލްކަންޏަކުން ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފި އެވެ.
އެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ސްލޭވް އައިލެންޑް ޕޮލިސް ސްޓޭޝަންގެ ޕްރައިމް ބްރާންޗުގެ ކްރިމިނަލް ޑިވިޝަންގެ އިންޗާޖް އިންސްޕެކްޓާ އަރިޔާ ސިންހާ ސަން އަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެ ހާދިސާގައި މަރުވި ދިވެހި ޒުވާނަކީ ގ. މާވަނި، މުހައްމަދު މިދުޝާހު، 37، ކަމަށާއި އެ ހާދިސާ ހިނގި އިރު އެ އެޕާޓްމަންޓްގެ ތެރޭގައި އޭނާއާ އެކު މި މަހުގެ 12 ވަނަ ދުވަހު ޖައިކަށް ޗެކްއިންވި ހަތަރު ދިވެހި ފިރިހެނުންނާއި އިތުރު ދެ ދިވެހިން ތިބި ކަމަށެވެ. އޭގެ އިތުރުން އެ ވަގުތު އެ އެޕާޓްމަންޓްގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މަޑަގަސްކަރައިގެ އަންހެނަކާއި ލަންކާގެ ދެ އަންހެނުން ވެސް ތިބި ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ.
މަޑަގަސްކަރައިގެ އަންހެން މީހާއަކީ މިދުޝާހުގެ ގާތް ރައްޓެއްްސެއް ކަމަށް ވެސް އާރިޔާ ވިދާޅުވި އެވެ.
އާރިޔާ ވިދާޅުވި ގޮތުގައި މިދުޝާހުމެން ތިބި، އެ ރެސިޑެންސުގެ 18 ވަނަ ބުރީގައި ހުންނަ، އެޕާޓްމަންޓްގެ ތެރެއިން ގިނަ އަދަދަކަށް ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ އެ މީހުން ރޭ އެޕާޓްމަންޓްގެ ތެރޭގައި \\\\\\\"ޕާޓީކުރަން\\\\\\\" ތިބެފައި މިދުޝާހު ސިގިނރޭޓެއް ހިފައިގެން އެޕާޓްމަންޓްގެ ބެލްކަންޏަށް ނުކުތްތާ ކުޑަ އިރުކޮޅެއްގެ ފަހުން ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ. އޭނާ ބެލްކަނިން ވެއްޓުނު ކަން އެޕާޓްމަންޓްގެ ތެރޭގައި ތިބި މީހުންނަށް އެނގުނީ މިދުޝާހު ނުފެނިގެން ހޯދަމުން ގޮސް، ބެލްކަނި ބެލިއިރު ހޮޓެލްގެ ތިރީގައި މީހުންތައް އެއްވެގެން އުޅޭތަން ފެނުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އާރިޔާ ވިދާޅުވި އެވެ.
\\\\\\\"މިދުޝާހު ބެލްކަންޏަށް ނުކުތީ ސިނގިރޭޓެއް ހިފައިގެން އެކަނި ކަމަށް އެވަގުތު އެ އެޕާޓްމަންޓްގެ ތެރޭގައި ތިބި މީހުން ބުނި. އެމީހުންގެ ރޭ ވަރަށް ދަންވަންދެން އުޅުނީ އެޕާޓްމަންޓްގެ ތެރޭގައި ޕާޓީކުރަން. އެޕާޓްމަންޓްގެ ތެރެއިން ބަނގުރާފުޅިތައް ވަނީ ފެނިފައި،\\\\\\\" މި މައްސަލަ ތަހުގީގު ކުރައްވާ އޮފިޝަލެއް ކަމުގައިވާ އާރިޔާ ވިދާޅުވި އެވެ.
މިރުޝާދުގެ މަރުގެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އާއިލާގެ މީހުންގެ ހާޒިރުގައި ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާރިޔާ ވިދާޅުވި އެވެ. މިދުޝާހުގެ ހަށިގަނޑު ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އާރިޔާ ވިދާޅުވި އެވެ.
\\\\\\\"މިދުޝާހު ވެއްޓިފައި އޮތްތަން ފެނުމުން ޖައިކުގެ މެޑިކަލް އޮފީޝަލުންނާއި އެމްބިއުލާންސުން ޗެކުކުރި އިރު ވެސް އޭނާ އޮތީ މަރުވެފައި. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަން ހޮސްޕިޓަލުން ވެސް ކަށަވަރުކޮށްދިން،\\\\\\\" އާރިޔާ ވިދާޅުވި އެވެ.
\\\\\\\"ޕޯސްޓްމޯޓަމް ހެދީމަ އެނގޭނީ މި ހާދިސާގެ ހަގީގަތް. އާއިލާގެ މީހުން އައިމައި ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި. މިހާރު މިދުޝާހުގެ ހަށިގަނޑު އޮތީ މޯޗަރީގައި ބާއްވާފައި.\\\\\\\" އާރިޔާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދުޝާހުގެ އާއިލާގެ މެންބަރުންތަކެއް ވަނީ އެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ކޮޅުބަށް ގޮސްފަ އެވެ.