ބޮޑެތި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ނޫރީގެ މުހައްމަދު އަރުހަމް، 16 މަރާލި މައްސަލައިގެ އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި އިއްޔެ މެންދުރު ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެއް ކަމަށާއި ތަހުގީގް ކުރިއަށްދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އަރުހަމްގެ މަރާގުޅިގެން ފުލުހުން ވަނީ ކުރިން ވެސް ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އަރުހަމްގެ މަރާލި މައްސަލައިގެ ތަހުގީގު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާނެ ކަމަށާއި އެކަމުގައި ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށް ކުށްވެރިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިޔަށް ގެންދާނެ ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ އަރުހަމް މަރާލާފައި އޮެއްވައި މީގެ ދެ ހަފްތާ ކުރިން ފެނުނީ ކުއްލިއްޔާގެ އިރަށް އޮންނަ ދޮންހުރާ ގޯޅީގައި އޮންނަ \\\\\\\\\\\\\\\"ލޮރެންޒޯ\\\\\\\\\\\\\\\"\\\\\\\\\\\\\\\' ޕާކް ތެރެއިންނެވެ. އޭރު އޭނާގެ ގައިގެ ހަ ތަނަކަށް ވަނީ ވަޅި ހަރައި ޒަޚަމްކޮށްފަ އެވެ.