14:34


މިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ ވަގުތީ ގޮތުން ހިންގެވުން ފިނޭންސް އެންޑް ޓްރެޝަރީ މިނިސްޓަރު ޢަލީ ހާޝިމާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފި އެވެ.


އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފިނޭންސް މިނިސްޓަރާ ރައީސް ހަވާލު ކުރައްވާފައި މިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ. އަހުމަދު އަލީ ސަވާދު މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަ ނައިބުގެ ހުވާކުރެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އޭރު ރައީސް އޮފީހުން ބުނެފައި ވަނީ ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާނެ ކަމަށެވެ.