އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދައްކަން ޖެހޭ އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް (އޭޑީސީ) އާއި އިންޝުއެރެންސް ސާޗާޖަށްވާ ފައިސާ ޖީއެމްއާރުން ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް ނަމަވެސް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް އޭސީސީ އިން އަންގައިފި އެވެ.

އޭސީސީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖީއެމްއާރުން އެމްއޭސީއެލް އަށް ކޮންމެ އަހަރަކު ދައްކަން ޖެހޭ ވޭރިއަބަލް އެނުއަލް ކޮންސެޝަން ފީ އާއި ފިއުލް ކޮންސެޝަން ފީ އިން އިންޝުއަރެންސް ސާޗާޖް އުނިކުރުމަށް އެއްބަސްވެ އެގްރީމެންޓަށް އެ ބަދަލު ގެނައުމަށް ނިންމި ކަމަށާއި އަދި އެމްއޭސީއެލްގެ އޭރުގެ ޗެއާމަން އިބްރާހިމް ސަލީމް ސޮއިކޮށްފައި ވަނީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށް އެގެން ނެތް ކަމަށާއި އަދި އެކަން އެގޮތަށް ކުރުމަށް އެކުންފުނީގެ ބޯޑުން އިބްރާހިމް ސަލީމަށް ހުއްދަދިންކަން އެގެންނެތް ކަމަށެވެ.

\\\\\\\\\\\\\\\"ދައުލަތު މާލިއްޔަތު ގާނޫނުގެ 9 ވަނަ މާއްދާގައި ފައިސާ އިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެ ކަމަށް ދޫކޮށްލެވޭނީ، އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓާ ކަމާ ބެހޭ ހިސާބުތަކުގައި ހިމެނުމަށް ފަހު، ރައީސް ޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމުގައި ބަޔާންކޮށްފައިވާތީ ދައުލަތަށް ލިބެން ޖެހޭ ފައިދާއެއް ދޫކޮށްލުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިފައެއްނުވޭ،\\\\\\\\\\\\\\\" އެބަޔާނުގައި ބުނެފައިވެ އެވެ.

އޭސީސީން ބުނީ އިންޝުއަރެންސް ސާޗާޖުގެ ގޮތުގައި ދެ ޑޮލަރާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި 25 ޑޮލަރު އުނިކުރުމަށް ހުއްދަދީފައި ވަނީ، އެގްރިމަންޓްގެ 18.2ގައި ބަޔާންކޮށްފައިވާ ފަދަ ސިޔާސީ ހާލަތެއް ދިމާވުމުން ކަމަށް ބުނެ އެ އެގްރިމަންޓްގެ 18.3 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހުގައި ކަމަށެވެ.

ޖީއެމްއާރުން ސަރުކާރަށް ކޮންސެޝަން ފީ ދެއްކި އިރު އުނިކުރި 8.2 މިލިއަން ޑޮލަރު ދެއްކުމަށް އެމްއޭސީއެލް އިން ވަނީ އެކި ފަހަރުމަތިން ޖީއެމްއާރަށް އަންގައިފަ އެވެ.