ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގައި އޮންނަ ވޯލްޑް ޓޫރިޒަމް މާޓް (ޑަބްލިއުޓީއެމް) ފެއާގެ އެސޯސިއޭޓެޑް ޕާޓްނަރަކަށް ރާއްޖޭގެ ޓްރެވަލް އެޖެންސީތަތުގެ ޖަމިއްޔާ އިން މަޓާޓޯ ފުރަތަމަ ފަހަރަށް ހަމަޖައްސައިފި އެވެ.

މަޓާޓޯ އިން ބުނީ އެ ފެއާގެ އެސޯސިއޭޓެޑް ޕާޓްނަރަކަށް ވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ އެންމެ ފަހުގެ ކުރިއެރުންތައް ރާއްޖެ އަށް ތައާރަފްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މަޓާޓޯ އިން ބުނީ ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ޑަބްލިއުޓީއެމް ފެއާ އޮންނާނީ ނޮވެމްބަރު މަހު 5- 8 އަށް ލަންޑަންގައި ކަމަށެވެ. އަދި ބުނީ އެ ފެއާގައި އެއްވެސް ފީއަކާނުލައި މަޓާޓޯގެ މެންބަރުނަށް ބައިވެރިވެވޭނެ ކަމަށެވެ.


މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓޫރިޒަމް މާޓް ފެއާގައި 50000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެ ފެއާގައި 189 ގައުމަކުން 4347 ކުންފުންޏެއް ބައިވެރިވި އެވެ.