16 Aug 2010, 08:24
ސަފީރުންގެ ގޮތުގައި ތަފާތު ގައުމުތަކަކަށް ކަނޑައެޅުމަށް ހަ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިގޮތުން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައި ވަނީ ކުރިން ސްރީލަންކާ އަށް ކަނޑައަޅައިފައި ހުންނެވި ސަފީރު އަލީ ހުސައިން ދީދީ ޔޫރަޕިއަން ކޮމިއުނިޓީ އަށް ކަނޑައެޅުމަށާއި، ކުރިން ޔޫރިޕިއަން ކޮމިއުނިޓީގައި ހުންނެވި ސަފީރު އާދަމް ހަސަން، ސައުދީ އެރެބިޔާއަށާއި އޯއައިސީ އަށް ކަނޑައެޅުމަށާއި، ސްރީލަންކާގައި ހުންނަވާ ސަފީރެއްގެ ގޮތުގައި ހުސައިން ޝިހާބު ކަނޑައެޅުމަށާއި އަދި އިނގިރޭސިވިލާތަށް ކަނޑައަޅައިފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒު ފައިސަލް ޑެންމާކު، ނޯވޭ، ސްވިޑްން، ފިންލެންޑް، ސްޕެއިން، ފްރާންސް އަދި ފަލަސްތީނަށް ކަނޑައަޅައިފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ކަނޑައެޅުމަށާއި، ޖެނީވާގައި ހުންނަވާ ސަފީރަކަށް އިރުތިޝާމް އާދަމް ކަނޑައެޅުމަށާއި، އަދި ޗައިނާގައި ހުންނަވާ ސަފީރެއްގެ ގޮތުގައި އަހުމަދު ލަތީފު ކަނޑައެޅުމަށެވެ.
13:45
ޗައިނާ ސަފީރަކަށް އަހުމަދު ލަތީފު ފާސްކޮށްފި އެވެ.
13:43
ޖެނިވާ ސަފީރަކަށް އިރުތިޝާމް އާދަމް ފާސްކޮށްފި އެވެ. އޭނާ އަށް ލިބިވަޑައިގަތީ 61 ވޯޓެވެ.
13:40
ޔޫރަޕިއަން ކޮމިއުނިޓީ އަށް އަލިދީ ފެންނަ ކަމަށް ފާސްކޮށްފި އެވެ. އަލިދީ އަށް ލިބިވަޑައިގަތީ 62 ވޯޓެވެ.
13:36
ލަންކާ ސަފީރަކަށް ހުސައިން ޝިހާބު ފާސްކޮށްފި އެވެ. އޭނާ އަށް ލިބިވަޑައިގަތީ 61 ވޯޓެވެ.
13:34
އިނގިރޭސި ސަފީރަކަށް ޑރ. ފަރުހާނާޒު ފައިސަލް ފާސްކޮށިފި އެވެ. ފަރުހާނާޒަށް ލިބިވަޑައިގަތީ 55 ވޯޓެވެ.
13:30
ސައުދީ ސަފީރަކަށް އާދަމް ހަސަން ހަމަޖެއްސުމަށް ފާސްކޮށްފި އެވެ. އޭނާ އަށް ލިބި ވަޑައިގަތީ 61 ވޯޓެވެ.