23 May 2024, 23:54
މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތް ގައުމުތަކަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިރޭ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން ބަލައިގަަންނަން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އަދި ބަލައިނުގަންނަ ގައުމުތަކަށް ވެސް ރާއްޖެއިންވަނީ އެ ކަން ކުރުމަށް ގޮވައިލައިފައެވެ. އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވައިލައިފައެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި 43 ގައުމުން އަންނަނީ ބަލައިގަންނަމުންނެވެ.
އެންމެ ފަހުން ބަލައިގެންފައިވަނީ ސްޕެއިންއާއި ނޯވޭއާއި އަޔަލޭންޑެވެ.