13 Jun 2012, 16:48
ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އަމީން ފައިސަލް އާއި މުހައްމަދު އަސްލަމް ނެރުއްވެވި ރިޕޯޓަށް މައުލޫމާތު ދިން ފުލުހުން ދިރިއުޅޭ ގެތައް ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރަން ފަށައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ކޯޓް އަމުރެއްގެ ދަށުން ބައެއް ފުލުހުންގެ ގެތައް ބަލާ ފާސްކުރަން ފަށާފައި ވަނީ އަމީން އާއި އަސްލަމްގެ ރިޕޯޓަށް މައުލޫމާތު ދިނުމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކައި، \\\\\\\"ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް\\\\\\\" މި ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވެފައިވާތީ މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ. އަދި ފުލުހުންގެ ގެތަކުން ހެކި ހޯދަން ޖެހެނީ އެ ރިޕޯޓްތައްޔާރު ކުރުމުގައި އަމީންއާއި އަސްލަމާ މުއާމަލާތްކޮށްފައިވާ މެޖެސްޖުތަކެއް ފެނިފައިވާތީ ކަމަށްވެ އެވެ.
ފުލުހުން އެ ވާހަކަތަކެއް ދޮގެއް ނުކުރެ އެވެ. ފުލުހުންގެ މީޑީއާ އޮފިޝަން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ކުރާ ކަންތައްތަކަށް އެ އިދާރާއިން އަބަދުވެސް ފާރަވެރިވާ ކަމަށާއި ބަލަންޖެހޭ ބެލުންތަކެއް ވެސް ބަލަމުންދާ ކަމަށެވެ. އެ ގޮތުން މިއަދު ވެސް ބައެއް ފުލުހުންގެ ގެތައް ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމެއް ވިދާޅެއް ނުވި އެވެ.
\\\\\\\"މުވައްޒަފުން ގެ ބަލާ ފާސްކުރުމުގެ ކަންތައްތަކެއް މިއަދު ވެސް ގެންދިޔައިން. ކޯޓް އަމަރެއްގެ ދަށުން ބަލާ ފާސްކުރިޔަސް، ކޯޓް އަމުރެއްގެ ދަށުން އެއްވެސް މީހަކު ހައްޔަރެއް ނުކުރަން،\\\\\\\" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޯޓް އަމުރެއްގެ ދަށުން ބައެއް ފުލުހުންގެ ގެތައް، ބަލާ ފާސްކުރަން ފަށާފައިވާއިރު، އެ މައްސަލާގައި ބައެއް ފުލުހުންތަކެއް ހައްޔަރު ކުރި ކަމަށް ވެސް މީޑިއާގައި އަޑު ފެތުރިފައިވެ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރެ އެވެ.