16 Aug 2010, 08:03
13:00
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް ރައީސް މުހަންމަދު ނަޝީދު މިއަދު އުފައްދަވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސް އުފެއްދެވި ކައުންސިލަށް އައްޔަން ކުރެއްވި މެންބަރުންނަކީ، ރައީސް އޮފީހުން ބުނި ގޮތުގައި، އއ. ފެރިދޫ ޝަބްނަމްގޭ އަޙްމަދު ޢާތިފާއި ގއ. ކޮލަމާފުށީ ޗާނދަނީގެ، މ. ހަވީރީފަންނު ޒިމްނާ ތައުފީގާއި މ. މާޔާ ޑރ. ޔޫސުފް ޝާނާއި މއ. ސިސިލްފަރު ޑރ. ފާތިމަތު ނާޝިދާއި ގދ. ތިނަދޫ މާފަރު ޝިދާތާ ޝަރީފާއި މއ. ޗަނބޭލީމާގޭ ޙާމިދު ނަޝީދު މުޙަންމަދާއި ގއ. ޓިއުލިޕް ޙަސަން ނިޒާމެވެ.
މި ހަތް ބޭފުޅުން ޢައްޔަން ކުރައްވާފައި މިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.