ހދ. ނޮޅިވަރަމްގައި ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުޑަ ކުއްޖަކު ގޭބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އެކި ފަހަރު މަތިން ކުޑަ ދެ އަންހެން ކުދިންނާ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގޭ ބަންދުކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ފިރިހެން ކުއްޖާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން ފަސް އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގޭބަންދުކުރި ފިރިހެން ކުއްޖާ އަކީ ސްކޫލްގައި ކިޔަވަމުންދާ ކުއްޖެކެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ ވެސް ތިމާގެ ކުދިންތަކަކާ އެވެ.

ޖެންޑާ މިނިސްޓަރު ދިޔާނާ ސައީދު މިއަދު ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް އެ މިނިސްޓްރީ އިން ބަލަމުން އަންނަ ކަމަށާއި އަދި ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށެވެ.

ނޮޅިވަރަމްގައި މި ހާދިސާ ހިނގިއިރު ނޮޅިވަރަމްފަރުގައި މިދިޔަ އަހަރު ފަހުކޮޅު ގުރޫޕަކުން ކުޑަ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި އެވެ.