21 May 2024, 18:09
މައިކްރޮސޮފްޓުން އާ އޭއައި ފީޗާތަކާއެކު އެކުންފުނީގެ އާ ޕީސީ ކޮޕައިލެޓް ޕްލަސް ދައްކާލައިފިއެވެ.
އިއްޔެ މައިކްރޮސޮފްޓްގެ ސާފޭސް އެންޑް އޭއައި އިވެންޓުގައި އިފުތިތާހުކުރި މި ޕީސީ އެ ކުންފުނިން ސިފަކޮށްފައިވަނީ "އެންމެ ހަލުވި، އެންމެ ވިސްނުންތޫނު ވިންޑޯޒް ޕީސީ"ގެ ގޮތުގައެވެ. އެގޮތުން މި ޕީސީގައި ސިކުންތަކު 40 ޓްރިލިއަންއަށް ވުރެ ގިނަ އޮޕަރޭޝަން ކުރެވޭނެ ޚާއްސަ ޗިޕްސެޓްތައް ހުންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކޮޕައިލޮޓް ޕްލަސް ޕީސީގެ ޚާއްސަ ފީޗާތަކުގެ ތެރޭގައި، ވިޝުއަލް ސާފެސިން ޔޫސޭޖް ހިސްޓްރީއަށް ރިކޯލް އަދި ޕެއިންޓް ފަދަ އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް އާޓް އުފެއްދުމުގައި އެހީތެރިވުމަށް ކޯކްރިއޭޓް ފަދަ އާ އޭއައި ޓޫލްސް ހިމެނެއެވެ.
މައިކްރޮސޮފްޓުން އަންނަނީ އެޑޯބް، ކެޕްކަޓް ފަދަ ޕާޓްނަރުންގެ އޭއައި ފީޗާތައް ވެސް މި އޭއައި އޮޕްޓިމައިޒްޑް ސިސްޓަމްތަކަށް އިންޓަގްރޭޓް ކުރަމުންނެވެ.
އެ ކުންފުނިން ބުނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޯޕައިލޮޓް ޕްލަސް ޕީސީ މޮޑެލްތައް ތައާރަފު ކުރުމަށް އެސާ، އަސުސް، ޑެލް، އެޗްޕީ، ލެނޯވޯ އަދި ސެމްސަންގްއިން ސޮއިކޮށްފައިވާ ކަމަށެވެ. މި ކެޓަގަރީގައި މައިކްރޮސޮފްޓުން އާ ސާފޭސް ޑިވައިސްތައް ވެސް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކޯޕައިލެޓް ޕްލަސް ޕީސީގެ މައިގަނޑު އަނެއް ފީޗާއަކީ ރިކޯލްއެވެ. މިއީ ފައިލްތަކާއި ފޯލްޑަރުތަކާއި ވެބްސައިޓްތައް ހިމެނޭ ގޮތަށް ބޭނުންކުރާ މީހެއްގެ ޕީސީ ޔޫސެޖް ހިސްޓްރީ ބްރައުޒް ކުރުމަށް ވިޝުއަލް ޓައިމްލައިނެއް ފޯރުކޮށްދޭ ފީޗާއެކެވެ.
މައިކްރޮސޮފްޓުން ބުނަނީ މިފީޗާއިން މައުލޫމާތު އިންތިޒާމް ކުރާނީ ކޮންމެ ޔޫޒަރެއްގެ ތަޖުރިބާއަށް ޚާއްސަ ގުޅުންތަކާއި އެސޯސިއޭޝަންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފާހަގަކޮށްލެވޭ އަނެއް ފީޗާއަކީ ޕެއިންޓް އަދި ފޮޓޯސް ފަދަ އެޕްލިކޭޝަންތަކުގައި ޑިޖިޓަލް އާޓިސްޓުންނަށް ޚާއްސަ ކޯކްރިއޭޓް ފީޗާއެވެ. ޕީސީން އެއްޗެއް ކުރަހާއިރު، ޓެކްސްޓް ޕްރޮމްޕްޓްތަކާއެކު ރިފައިން ކުރެވިދާނެ ގޮތްތައް މިފީޗާ މެދުވެރިކޮށް އޭއައިއިން ޖެނެރޭޓް ކުރާނެއެވެ.
މައިކްރޮސޮފްޓްގެ އަމިއްލަ އޭއައި ޓޫލްސްގެ އިތުރުން، އެޑޯބް ކްރިއޭޓިވް ކްލައުޑް، ކެޕްކަޓް ވީޑިއޯ އެޑިޓަރު، ޑާވިންސީ ރިޒޮލްވް ސްޓޫޑިއޯ ފަދަ ތާޑް ޕާޓީ އެޕްލިކޭޝަންތައް ވެސް ކޯޕައިލޮޓް ޕްލަސް ޕީސީގައި ހިމެނެއެވެ.
މީގެ އިތުރުން ކޯޕައިލޮޓް ރައިޓިން އެސިސްޓެންޓް ފަދަ ކުރިން އިއުލާނުކޮށްފައިވާ ފީޗާތައް ވެސް ޕްރީލޯޑް ވާނެއެވެ.
ކޯޕައިލޮޓް ޕްލަސް ޕީސީ މޮޑެލްތަކުގެ ތެރޭގައި އެސާގެ ސްވިފްޓް 14 އޭއައި، އޭއެސްޔޫއެސް ވީވޯބުކް އެސް 15، ޑެލް އެކްސްޕީއެސް 13 އަދި ލެޓިޓިއުޑް މޮޑެލް، އެޗްޕީގެ އޮމްނީބުކް އެކްސް އޭއައި ޕީސީ އަދި އެލީޓްބުކް އަލްޓްރާ ޖީ1ކިއު އޭއައި ޕީސީ، ލެނޯވޯގެ ޔޯގާ ސްލިމް 7x އަދި ސެމްސަންގްގެ ގެލެކްސީ ބުކް 4 އެޖް ހިމެނެއެވެ.
މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ އޯއީއެމް ޕާޓްނަރުންގެ ޕީސީތަކާ އެކު އަންނަ މަހުގެ 18 ގައި ތައާރަފުކުރާ އާ އޭއައި-އެންހޭންސްޑް ސާފޭސް ޕްރޯ އަދި ސާފޭސް ލެޕްޓޮޕް މޮޑެލްތައް ވެސް ތައާރަފުކޮށްފައެވެ.