ގްރީސް އަތުން 2- 1 އިން ހޯދި މޮޅާއެކު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމުގެ މަގު ޗެކްރިޕަބްލިކުން ތަނަވަސްކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވެސް ޗެކް ރިޕަބްލިކުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ޕެޓާ ޖިރަސެޗްލީޑް ނަގައި ދިނީ ޕެޓާ ޖިރަސެޗް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޗެކްރިޕަބްލިކުން ވަނީ ގްރީސް ކޮޅަށް ލަނޑެއް ޖަހައި މެޗުގެ ލީޑް ފުޅާ ކޮށްފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަކްލަވް ޕިލާއެވެ.

ރޭގެ މެޗުގައި ޗެކްރިޕަބްލިކް ކޮޅަށް ގްރީސް އިންޖެހި އެޓީމުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގެ 53 ވަނަ މިނެޓުގައި ފަނިސް ޖެކަސްގެ ފަރާތުންނެވެ.

ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި ދެ ޓީމުގެ ހަމަލަތައް ވަރުގަދަ ވެގެން ދިޔަ މިމެޗުން ލިބުނު މޮޅާއެކު ޗެކްރިޕަބުލިކް އޮތީ ތިން ޕޮއިންޓާއެކު ދެ ވަނައިގައެވެ. އަދި މެޗުން ބަލިވި ގްރީސް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.