މާލެއިން މެދު އުމުރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ މއ. ބޯޅަކިންކިރިމާގޭ، އުމުރުން 30 އަހަރުގެ އަހްމަދު އައިމަން ކަމަށެވެ.

އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު 21:30 ހާއިރު، ދިރިއުޅޭ ގެއިން ކަމަށެވެ.

އަޙްމަދު އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން އެ އިދާރާއިން އެދެއެވެ.