މަސްވެރިކަން ކުރިއަރުވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށާއި ސަރުކާރު ހިއްސާވާ 11 ކުންފުންޏަކަށް ބޯޑު މެންބަރުން އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ނިމުނު ހަފުތާގެ ތެރޭގައި އައްޔަނުކުރި މެމްބަރުންގެ ނަންތައް މިއަދު އާންމުކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނި އެމްއެފްއޯއާރުއެމްޕީސީއަށް ވަނީ އެމްޑީއަކާއި ހަތަރު ބޯޑު މެންބަރުން އައްޔަނުކޮށްފައެވެ. އެއީ:

  • އެމްއެފްއޯއާރުއެމްޕީސީގެ މެނޭޖިން ޑިރެކްޓަރު: އަހުމަދު ޒަރީރު

  • އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: މުންޝިދާ އިބްރާހީމް
  • އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އަހުމަދު ޝިފާޒް
  • އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އަހުމަދު ޔާމީން
  • އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އާދަމް މަނިކު

މީގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ބޯޑަށް ޕީސީބީން ވަނީ މެންބަރުން އައްޔަނުކޮށްފައެވެ. އެއީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް): އަލީ ފާރިސް

  • އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ): މުހައްމަދު މާއިޒު މުނާޒު
  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ): މުހައްމަދު ސައީދު
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ): އަހުމަދު ސިރާޖު
  • ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް): އައިޝަތު ވަފާ މުހައްމަދުމަނިކު
  • މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ): ޝަޒްނާ މުހައްމަދާއި ޒުލައިހާ ޔޫމީ ރަޝީދު
  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ): އަލީ މައުސޫމް
  • މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސް ލިމިޓެޑް: ހަސަން މިރާސް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ): ޔޫސުފް ވަހީދު

ހަމައެއާއެކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ އާ މެނޭޖިން ޑިރެކްޓަރެއް އައްޔަނުކޮށްފައެވެ. އެ މަގާމަށް އައްޔަނުކުރީ މުހައްމަދު ވަހީދު ހުސެއިނެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ހަމަޖައްސާފައިވާ ކަމަށް ޕީސީބީން ވަނީ ހާމަކޮށްފައެވެ.