ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

މާރާމާރީ ހިންގައި ފުލުހުންނަށް ބިރު ދެއްކި މި ހާދިސާ ހިނގައިފައިވަނީ ރޭގެ 10:00 ހާއިރެވެ.

މި ހާދިސާގައި ތިން މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ބަންދުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުން ވެސް ހަތް ދުވަހަށް ބަންދު ކުރަން އެ ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެހެންނަމަވެސް އެ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ބައެއް ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ވެސް ދޭތެރެ ދޭތެރެއިން މީހުން ހަމަލަ ދެއެވެ.