13 Jun 2012, 11:06
އެމްޑީޕީއަށް އާމްދަނީ ހޯދަން ޖަމްބަލް ސޭލްއެއް ބާއްވަން ނިމްމައިފި އެވެ. މި ސޭލް ބާއްވަނީ އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުންނެވެ.
އެމްޑީޕީން ބުނީ ޕާޓީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ސޭލްއެއް ބާއްވާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާއި ޕާޓީގެ ހަރަކާތްތައް ހިންގާ އުސް ފަސްގަނޑުގައި އެދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑު 12:00 އަށް ސޭލް އޮންނާނެ ކަމަށެވެ.
އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވީ ސޭލްއަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ގިނަ ބަޔަކު ސޭލްއަށްތަކެތި ހަވާލުކޮށް ދިނުމަކީ ޕާޓީއަށް ފޯރުކޮށްދޭ ވަރަށް އެހީއެއް ކަމަށް ދެކޭ ކަމަށެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހަކީ ޕާޓީގައި ފަހަކަށް އައިސް ގިނަ ހަރަކާތްތަކެއް ރަވާ ގުނަވަނެކެވެ.