ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ރޭ 10:00 އެހައިކަށްހާއިރު ކަމަށެވެ. މި މާރާމާރީއާ ގުޅިގެން ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ވެސް ބުންޏެވެ.

އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެހެންނަމަވެސް އެ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ބައެއް ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ވެސް ދޭތެރެ ދޭތެރެއިން މީހުން ހަމަލަ ދެއެވެ.