18 May 2024, 16:33
ބާޒާރުގައި އަނބު ތިޔާގިވެ, އަނބުގެ އަގުުތައް ދަށަށް ހިނގައްޖެއެވެ.
މިހާރު ބާޒާރުގައި އެންމެ ތިޔާގި އެއްޗަކީ ވެސް އަނބެވެ. ދޮން އަނބުން މުޅި ބާޒާރު ވަނީ ރީނދޫވެފައެވެ.
އަނބު ކިލޯއެއް އާއްމުކޮށް މިހާރު ވިއްކަމުން އަންނަނީ 50ރ. އަށެވެ. އަދި 12 ނުވަތަ 15 އަނބުގެ ބައި 100ރ. އަށް ލިބެން އެބަހުއްޓެވެ.

ބާޒާރުމަތީގައި އަނބު ތިޔާގި، އަނބުގެ އަގު ދަށަށް-- ސަން ފޮޓޯ/ މޫސާ ނަދީމް
ބައެއް ވިޔަފާރިވެރިންނާ 'ސަން' އިން ވާހަކަދައްކާލުމުން ބުނީ، މިއީ އަނބު މޫސުން ކަމަށެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ބާޒާރަށް އަނބު ގެންނަނީ ފުވައްމުލަކާއި ހުވަދޫން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް އަނބު ގެންނަ ކަމަށް ބުންޏެވެ.
ބާޒާރުގައި މިހާ އަނބު ތިޔާގިވާން ފެށީ މިދިޔަ ހަފުތާއިން ފެށިގެން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ދުވަސްކޮޅެއް ވަންދެން ބާޒާރުން އަނބު ލިބެން ހުންނާނެ ކަމަށް ވެސް އެ މީހުން ބުނެއެވެ.

ބާޒާރުމަތީގައި އަނބު ތިޔާގި، އަނބުގެ އަގު ދަށަށް-- ސަން ފޮޓޯ/ މޫސާ ނަދީމް
އަނބަކީ، ފަނިގިރުމަށާއި އާންމުކޮށް ކެއުމަށް ވެސް ގިނަ ބަޔަކު ލޯބިކުރާ މޭވާއެކެވެ.