ގޫގުލްއިން ބޭނުންތެރި އާ ފީޗާތަކާއެކު 'ލުކްއައުޓް' އެޕްގެ އެކްސެސިބިލިޓީ އަޕްޑޭޓްކޮށްފިއެވެ.

އެ އަޕްޑޭޓުގައި ފާހަގަކޮށްލެވޭ ބައެއް ސިފަތަކުގެ ތެރޭގައި ކެމެރާ ބޭނުންކޮށްގެން އެއްޗެހި ހޯދުމާއި ދެނެގަތުމުގެ ގާބިލުކަން ހިމެނެއެވެ. މިއީ ލޮލަށް ނުފެންނަ ނުވަތަ ލޮލުގެ ފެނުން ދަށް މީހުންނަށް ވަރަށް މުހިންމު އެޕަކަށްވާނެއެވެ.

ގޫގުލްއިން ވަނީ ޓެކްސްޓް ފްރީ މޯޑަކާއެކު ލުކް ޓު ސްޕީކް އެޕް ވެސް އަޕްޑޭޓްކޮށް، ސްޕީޗް ޓްރިގާ ކުރުމަށް ޚާއްސަ ގޮތްތަކެއް ކަސްޓަމަރުންނަށް ހޯދައިދީފައެވެ.

ފައިންޑް މޯޑާއެކު ގޫގުލްގެ ލުކްއައުޓް އެޕްލިކޭޝަން މިހާރު ވަނީ ސްމާޓްވެފައެވެ. އާ މޯޑުގެ ސަބަބުން މި އެޕްލިކޭޝަނަށް ކެމެރާ ހުޅުވައި، ތަފާތު އެއްޗެހި ހޯދައި ދެނެގަނެވޭނެއެވެ. މި މޯޑުން ހަތް އޮޕްޝަނެއްގެ ލިސްޓެއް ލިބޭނެއެވެ.

އޭގެ ތެރެއިން ކޮންމެވެސް އެއް އޮޕްޝަނެއް އިޚްތިޔާރު ކުރުމުން ކެމެރާ ބޭނުންކޮށްގެން އެ ކެޓަގަރީގެ ދަށުން އެއްޗެހި ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި އެޕްގައި ކެމެރާ ބޭނުންކޮށްގެން ދައްކާ ފޮޓޯތައް ދެނެގަންނާނެ އިމޭޖް މޯޑެއް ވެސް ހުރެއެވެ.

ގޫގުލްއިން ވަނީ ޓެކްސްޓް ފްރީ މޯޑަކާއެކު ލުކް ޓު ސްޕީކް އެޕް ވެސް އަޕްޑޭޓްކޮށްފައެވެ. މި އެޕްލިކޭޝަނަކީ ފޯނުން ލޮލުގެ ނަޒަރު ހިންގާ ގޮތް ދެނެގަނެ، އެ ވަގުތަކު ބަލަހައްޓައިގެން ހުންނަ ލިޔުންކޮޅެއް ފޯނުގެ ސްޕީކަރުން އިއްވައިދޭ އެޕެކެވެ.

މީގެ އިތުރުން ގޫގުލް މެޕްސްގައި ލެންސްގެ ސްކްރީން ރީޑަ ކެޕޭސިޓީ ވެސް ފުޅާކޮށް އޭޓީއެމް ނުވަތަ ރެސްޓޯރެންޓްތައް ހޯދުމުގައި ލުއި ގޮތްތަކެއް ވަނީ ފަހިކޮށްދީފައެވެ. މި ފީޗާގެ ސަބަބުން ދުރުމިން ދެނެގަނެވި، ނަންތަކާއި ކެޓަގަރީތައް ވެސް ފެނިގެންދާނެއެވެ. މި އެޕްލިކޭޝަނުގައި އިތުރަށް ވޮއިސް އެސިސްޓެންސް ވެސް ރަނގަޅުކޮށް ނެވިގޭޝަނަށް ރަނގަޅު އޯޑިއޯ ޕްރޮމްޕްޓްތަކެއް ދީފައިވެއެވެ.

މިހުރިހާ އަޕްޑޭޓްތަކާއެކު ގޫގުލް އެޕްލިކޭޝަންތަކަށް އޮންނަ ޝައުގުވެރިކަން އިތުރުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.