"މީހުންގެ ފަރާތުން ބަދަލު ނުހިފަން ނަފުސަށް ވިސްނައިދޭށެވެ. އެއްވެސް ފަރާތަކުން ތިބާއަށް އަނިޔާއެއް ދީފައި ނޫނީ އިންސާފުން އެއްކިބާވެ އަމަލެއް ކުރިޔަސް ﷲ ތައާލާ އެހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވާކަން ހަނދާން ބަހައްޓާށެވެ. ﷲ ތައާލާ އަނިޔާވެރިންނަށް އެކަމުގެ ސަޒާ ދެއްވާނެ ދުވަސް ދާދި އަވަހަށް އަންނާނެއެވެ. ކެތްތެރިވާށެވެ. އަދި މާފުކުރާށެވެ."

***

އެވަގުތު އަތް ދޮންނަން އިން ބާބިލްގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަތައް ފައިބަމުން ދިޔައެވެ. އަލްބާން އެއްޗެއް ނުބުނެ ސިންކު ދޮށަށްގޮސް އަލްބާން ގެ އަތް ވެސް ދިއްކޮށްލިއެވެ.

" މިހާ ސިމްޕަލް ކަމެކޭ....އަސްލުވެސް އެ އޯކޭ އޭ.....ގަސްތުގަ ކުރިކަމެއް ނޫނެއްނު....." އަލްބާން ވަރަށް ފަރުވާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެވަގުތު ބާބިލް އަށް އަލްބާން އަތުގައި ވި ޒަޚަމް ލޮލުގައި އަޅައިގަތެވެ.

"މި ކިހިނެއް ވެފަ....ވެއިޓް....އެއިޑް ބޮކްސް ހިފައިގެން މިއަންނަނީ.." ބާބިލް ދުއްވައިގަތީ ފަސްޓް އެއިޑް ބޮކްސް ނެގުމަށެވެ. އަލްބާން އަށް ތަދު އިހުސާސް ކުރެވުނީ ދެނެވެ. ފެން ޖެއްސުމުންާާ ކުޑަ ރިހުމެއް ހުއްޓަސް އެހާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ބާބިލް ބޭސް އަޅަން އުޅުމުން އެކަން މަނާ ކުރުމަށް ހިތް ނޭދުނެވެ.

ބޭސް އެޅި ވަގުތު އަލްބާން އަށް ވުރެ ތަދު އިހުސާސްކުރެވުނީ ބާބިލް އަށެވެ. ބޭސް ހާކަންވެސް އެކި ފަހަރުމަތިން ޖެހިލުން ވަނީ އަލްބާންއަށް ތަދު ވެދާނެތީއެވެ. އެހާވެސް ފަރުވާތެރިކަމާ އޯގާތެރިކަމާއެކު އޭނ ބޭސްއަޅާ ނިންމައިލިއިރު އަތްތިލަވެސް ގަނޑުފެންކޮޅަކަށްވުރެ ފިންޏެވެ. ބާބިލްގެ މައުސޫމްކަމާއި ހިތް ހެޔޮކަން އެވަގުތުވެސް އަލްބާންގެ ހިތަށް އަސަރުކުރުވިއެވެ. އެފަދަ ކުއްޖަކަށް ލޯކަން އަނިޔާ ކުރީތީ ލޭ ކެކުނެވެ. ބާބިލް އެހާ ކައިރިން ފެނުމުން ނިތްކުރީގައި ނޫ ވެފައި އިން ޒަޚަމް ފޮރުވުމަށް އެއްޗެއް ހާކާފައި ހުރި ތަން ލޮލުގައި އަޅައިގަތެވެ. ބޭސް އަޅައި ނިމުނު އިރުވެސް އަލްބާންއަށް އިނދެވުނީ ފިކުރު ބޮޑުވެފައެވެ.

" އަލް....ނިމުނީ އޭ....އަދިވެސް ބޭސް އަޅަންވީ؟" ބާބިލް މަޖާވެފައި ސުވާލުކުރިއެވެ.

" އެބަ އަންނަން.....ޖަސްޓް ވެއިޓް ދެއަ..." އޭނަ ބާބިލް ކައިރީ މަޑުކުރުމަށް އެދުނެވެ. އަދި އޭނަ އަވަސް ފިޔަވަޅުތަކުގައި ކޮޓަރިން ނިކުތެވެ. ބާބިލް ހުރީ އަލްބާން އެހާ އަވސް އަރުވާލާފަ ދިޔައީމަ ވާނުވާ ނޭނގިފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަލްބާން އަންނަތަން ފެނުނެވެ. އޭނަ ދިއްކޮށްލީ ބޭސް އުރައެކެވެ.

" ބާބް...މިއޮތީ....ނިދުމުގެ ކުރީން ބޭނުން ކުރުމުން ރަނގަޅުވާނެ.....ވަރަށް ކުޑަ ދިލައެއް ހުންނާނެ އެކަމް އަވަހަށް ރަނގަޅުވާނެ އިންޝާﷲ.." އަލްބާންގެ އަޑުގައިވީ އޯގާތެރިކަމެވެ.

ބާބިލް ގެ މޫނު މަތީގައިވި ހިނިތުންވުން ފިލައި ހިތް ބިރުގަތެވެ. އަދި ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ބާބިލް ބޭހުގައި ނުހިފާން އުޅުމުން އަތުގެ ތެރެއަށް ލާ ދީފައި އަލްބާން ނިކުތީ ފަސް އެނބުރި ބަލައިލުމެއްވެސް ނެތި އެވެ. ބާބިލްގެ ގައިގައި ހުރި ޒަޚަމްތައް އެހާ ފޮރުވައިގެން އުޅޭ އިރު އެ ފެނުމުން ބާބިލް އަށް ކުރާނެ އުނދަގޫ އަލްބާން އަށްވެސް އިހުސާސްކުރެވެއެވެ.

" ކަނބުލޯ.....ޒަހްރާއްތަ އަށް..." ފެން ކަޅި ވެފައި އިން ބާބިލް ސިހުނީ އައްޒަހްރާގެ އަޑަށެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ދިރުވާލިއެވެ. އަދި އަވަހަށް ބޭސް އުރަ ޖީބަށް ލައި ޒަހްރާ އަށް އެ ބޭނުންވި ކަންތައް ކޮށްދިނެވެ.

" ބާބް....ޒަހްރާއްތަ ކައިރީ ބުނައްޗޭ...ކަމެއް ބޭނުންވިޔަސް....ތިއީ ހަމަ މިގޭ ކުއްޖެއް....މި ފަހުން މިގޭ ތެރޭގެ ހަލަބޮލި ކަމާއި ހެދި ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ލިބެނި މަދު ފަހަރަކު ވިއްޔާ.....ޒަވީ ކައިވެނި ނިމުނީމަ ޖެހޭނެ ދެމީހުން އެކީ ބަގީޗާ ތެރޭ އުޅެލަން...." އައްޒަހްރާ ބާބިލް ގެ ކޮނޑުގައި ފިރުމައިލީ އޯގާތެރިކަމާއެކުގައެވެ. ބާބިލް ގެ ބަލި ހިތް ހީވީ ފަޅައިގެން ދިޔަ ހެންނެވެ. އެހާ ލޯތްބާއި އޯގާތެރިކަން ހައްޤުވޭބާވައޭ ހިތާ ހިތުން ސުވާލު ކުރެވުނެވެ. ބާބިލް އަށް އައްޒަހްރާ ގައިގައި ބައްދާލެވުނެވެ.

"ޒަހްރާއްތަ ތި ބަހައްޓާ ހެޔޮ ކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ...މާތް ﷲ ޒަހްރާއްތަ އަށް ހެޔޮ ރަޙްމަތް އަބަދުމެ ލައްވާށި..." ބާބިލް ގެ ހިތުގައިވީ ޝުކުރެވެ. އައްޒަހްރާގެ މޫނަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެވަގުތު ބޭރުން އަޑު ގަދަ ވާން ފެށިއެވެ.

"ކޮން އަޑެއްތަ؟ބަޔަކު އައީ ކަންނޭނގެ..." އައްޒަހްރާ އަވަސް ފިޔަވަޅުތަކުގައި ބޭރަށް ނިކުތުމުން ވެގެން އުޅޭގޮތް އޮޅުންފިލިއެވެ.

ހުޝާމް އާއި ތިން ކުދިން އައުމުގެ އުފަލެވެ. ދަނީން ފެނުމުން އެންމެނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

"ސުބްޙާނައްﷲ.....ހާދަ ބޮޑު ސަޕްރައިޒެކޭ....ނުވެސް ބުނެ....." މާހްޒަބީން ގެ ލޯ އުފަލުން ތެމުނެވެ. ކާ މޭޒު ކައިރީ ތިބި އެންމެންވެސް އުފާ ފާޅުކުރިއެވެ. މަރްވާންގެ ލޮލަށް ވެރިވި ކުލަވަރު ހާއްސަގޮތެއްގައި ފާހަގަ ކުރެވުނެވެ. ދަނީން ގެ ލޯ ވެސް އެނމެނެގެ ތެރެއިން ހޯދައިލީ މަރުވާންއެވެ. ދެ ކުދިންވެސް ވާހަކަ ދައްކާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެ ދެ ހިތުގައިވި ލޯބި ފާޅުނުކުރި ކަމުގައި ވިޔަސް މެއެވެ.

" ދައްތި އެކަނި ދޯ ފެންނަނީ....." ހަމްޒާ ބުނެލީ ލާނެތްގޮތަކަށެވެ. އަދި އަނުމް ވެސް އެއްބައިވެލާ ބޯ ޖަހާލިއެވެ.

" ވެލްވެޓް މޭންޝަންގެ ފަސްޓް ގްރޭންޑްޗައިލްޑް އޭ މިއީ....." ދަނީން ވަރަށް ފަޚުރުވެރިކަމާއެކު ބުނެލި އައްޒަހްރާގެ އަތު ތެރޭގައި ހުރެއެވެ.

" މައި މިނިޔަންސް.....ކިހާ ދުވަހެއް...." އަލްބާން އަށް ހަމްޒާ އާއި އަނުމް ފެނުމާއެކު ބުނެލެވުނެވެ. އެ ދެ ކުދީންގެ ވެސް ހުންނަނީ ސަކަ މިޒާޖެކެވެ. އަލްބާން އާއި އެހާ ގުޅެނީވެސް އެހެންވެއެވެ. އައްޒަހްރާގެ ހުރިހާ އުފަލެއް އެކީ ލިބުނު ކަމުގެ އިހުސާސް މިއަދު ކުރެވުނެވެ. އާއިލާ ގެ ފުރިހަމަކަމެވެ.

" ސިންގަޕޫރުން ކޯޗެއްތަ ގެނައީ...." ދަނީން ގެ އަތުގައި ކޮށްޓައިލަމުން ސަކީނާ އަހައިލީ ވަރަށް ސިއްރުންނެވެ. ދަނީން އަށް ސަކީނާ ގެ މިޒާޖު މަޖާ ވެފައި ލޯތްބެވެ. އޭނަ އަބަދުވެސް ސަކީނާއަށް ހާއްސަކޮށް ހަދިޔާ ހިފައިގެން އަންނަނީވެސް އެހެންވެއެވެ.

"ވަރަށް ސްޕެޝަލް ގިފްޓެއް...." ދަނީން ވަރަށް ލޯބިން ސަކީނާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

ކައިލް އާއި އާސިނާ އަދި ސޯފީވެސް ބެރުތެރޭގެ ފޯރި ގަދަ އަދަށް ނިކުމެވުމުން ގޭތެރޭގެ އުފާ އިތުރުވިއެވެ. ދަނީން އަވަހަށް ސޯފި ނަގައި އުރާލައިގެން ދިޔައީ ކުޅުމަށެވެ.

" އެ ގެއްލުނީ....ނުވެސް ކައި އެ މަންޖެ އެ ދަނީ.." އައްޒަހްރާ ކަންބޮޑުވިއެވެ.

" ދަނީން އަށް ކާން ދީގެން އައީ އެހެންވެ....ސޯފީ ދެކިލާ ހިތުން ފްލައިޓް ގަ ވެސް އިނދެވުނީ އެއް ނޫން...." ހުޝާމް ހިނިގަނޑަކާއެކު ބުނެލިއެވެ.

"ކޮބާތަ އަޅެ ޖޫ....އަދިވެސް ނިދާފަތަ؟ ބުނެބަލަ ހަމްޒާ އާއި އަނުމް ވެސް އައިއްސިއޭ...." އާސީނާ ގާތު އެދުނެވެ.

" އެބަ އިވެއެއްނު ހޭ އަޑު.....މިހާރު ޓީމް ހަމަ ވީ އެ..." ސިޑިން ފޭބި މުރުތަސިމް ވާހަކަ ދައްކަމުން ހޯދައިލީ އަހެދް އެވެ.

ދަނީން ވީ ސޯފި އާއި އެކީ ބަގީޗާގަ..." މުރުތަސިމް ގެ ލޯ ހޯދަނީ ދަނީން ކަމުގެ ކުށް ހީކޮށްފައި ޒަވިއާރު އަވަހަށް ބުނެލިއެވެ.

" އަހެދް ކޮބައިތަ؟ " ސަކީނާ އަވަހަށް ނޭނގޭ ކަމަށް ހަދައި އަހެދް ގެ ވާހަކަ އަހައިލިއެވެ. މުރުތަސިމް ގެ ލޯ ބޮޑުވީ އެވަގުތުއެވެ. މަރްވާން ވެސް ބަހަނާ އެއް ދެއްކުމަށްފަހު އަވަސް ވެގަތީ ބަގީޗާ އަށް ނިކުމެލުމަށެވެ.

***

ޖަލު ތޭރި ތަކުގެ ފަހަތުގައި އަނިދިރި ގޮޅިއެއްގައި އިން ލޯކަން ގެ އަތްވަނީ މުށްކެވިފައެވެ. ރޭގެ ހާދިސާ ސިކުނޑީ ތެރޭ ކުޅެވެމުން ދިޔައެވެ. ހޯދަން ބޭނުންވީ އެއީ ކޮންބައެއް ކަމެވެ.

"އަލް...އަލް..." އެ ނަން ކިޔާލެވުނެވެ. އެމީހަކު އެނގި އަތު ޖެހޭ ދުވަހަކު އެ ހިތި ފިލުވައިލާނެ ގޮތް ރާވައިލުމުން ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ.

" ބްރޯ މިފަހަރު ތަންކޮޅެއް ގިނަ ހެކި ފެނިގެން....ކޯޓާ ހިސާބައް ދާން ޖެހޭ...." ވަރަށް ދެކޮޅު ހޯދާލާފައި އައި ފުލުހެއް ތޭރި ތަކު ގެ ކައިރީ މަޑުކޮށްލާފައި ލޯކަން އަށް ޚަބަރު ދިނެވެ. ލޯކަން ރުޅިވެރިކަމާއެކު އޭނަގެ ކަރުގައި ހިފިއެވެ.

" ކޮނެމެވެސް ގޮތެއް ހޯދާ.....މަ ތިހެން އަނދަވަޅަކަށް ވައްޓަން އުޅެންޏާ އެންމެނާ އެކީ ދާނީ....އެކަންޏެއް ނޫން...ހަނދާން ބަހައްޓާތި..." އިންޒާރު ދިނުމަށްފަހު އަތް ވީއްލިއެވެ. ފުލުސް މީހާ ހިންދިރުވާލީ އުނދަގުލުންނެވެ. އަދި ޔުނިފޯމް ރަނގަޅު ކޮށްލައި ދިއްކޮށްލީ ފޯނެކެވެ.

" ގުޅަންވީ ނަންބަރު އިންނާނެ..." ލޯކަން އަވަސް އަވަހަށް ފޯނު ޖަހައިގަތެވެ. ފޯނުގައި ވި ނަންބަރަކީ ސިޔާސީގޮތުން ނަން ހިނގާ މަޝްހޫރު ފަރާތެކެވެ. އެއީ ލޯކަން އެމީހަކަށް މަސައްކަތް ކުރާ އޭނަގެ ސާހިބުމީހާއެވެ.

***

ފުޅާ ކޮރިޑޯގެ ދެފަރާތުގައިވާ ބޮޑެތި މާ ވަށިތަކާއި ބޯ ދޫލައިގެ ސަބަބުން ޝާހީކޮށް ދައްކުވައި ދެއެވެ. ބޮޑެތި ތަބުތަކެވެ. ބިއްތަކުގައިވަނީ މޮޅު ކުރެހުންތަކެވެ. ދޮރުތައް ފަރުމާކުރެވިފައިވާލެއް ފުރިހަމަކަމުން ހައިރާންވާހާވެއެވެ. ކޮންމެ ތަނަކުން ދައްކުވައިދެނީ އެތަން ފަރުމާ ކުރި މީހުންގެ ހުނަރުވެރިކަމެވެ. ކައިލް ކޮރިޑޯގައި ހުރި ސޯފާއެއްގައި އިށީންގޮތަށް ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނީ ފުން ޚިޔާލެއްގައެވެ.

"ކިހިނެއްވީ ކައިލް؟" ކައިލްއިންގޮތް ފެނި އާސީން ސުވާލުކުރިއެވެ.

"ކަމެއް ނުވޭ......." ކައިލް ސިހޭގޮތްވިއެވެ.

އާސީންގެ ސިކުނޑީގައި ރަތް ބޮކިތައް ދިއްލުނެވެ. ކައިލް އޭނައަށް ކަަމެއް ސިއްރުކުރާކަަމުގެ އެއްވެސް ނިޝާނެއް މި ނޫނީ ފެނިފައެއްނެތެވެ. ކައިލްއާއި ދޭތެރޭގައި ޝައްކުކުރަން ހިތަކަށް ނޭރިޔަސް އެގޮތަށް ޖަވާބު ދިނުަމުން ފޫހިވާގޮތްވިއެވެ. ފުރަތަަމަ ފަރަހަށް ޝައްކުގެ އޮށް ހިތުގައި އިންދުނީއެވެ.

"ޔަގީންތަ؟ސިއްސައިގެން ދިޔަގޮތުން ހީވީ.....ކައިލް އޯކޭތަ؟"އާސީން ސޯފާގެ އަތް ގަނޑުަމަތީގައި އިށީދެލިއެވެ.

"ކޮފީއެއް ބޯލަން ހިނގާ......"ކައިލް ފުރިހަަމަ އިސްކޮޅަށް ތެދުވެލަަމުން ހީލިޔަސް އެލޮލުގައި އުފާވެރިކަަމެއްނެތެވެ. އާސީންގެ ތަބީއަތު ޚަރާބުވިއެވެ. ކައިލްގެ ސިކުނޑި ކިޔައިލަން ބޭނުންވިއެވެ. ހުޅުވައިލެވިފައިވާ ފޮތެއްގެ ގޮތުގައި ކައިލްއާއިމެދު ދެކުނަސް ދޭހަނުވާ ފަދަ ސަފުހާއެއް ފެނުަމުން އުދަގޫތަކެއްވެއްޖެއެވެ.

"ކޮފީއާއި އެނާޖީ ޑްރިންކާއި ވޭޕަކާއިހެދި ހިތުގެ މައްސަލަތައް އެބަޖެހޭ...ކައިލްވެސް އެޑިކްޓްވާހެން އެބަހީވޭ؟ ކައިލް......އާ ޔޫ އޯކޭ؟"

ކައިލްގެ ފަރާތުން އެ ސުވާލުގެ ޖަވާބުު ހޯދުަމަށް އާސީން އަނެއްކާ މަސައްކަތް ކުރިއެވެ.

***

އަހެދް އަށް ގޭތެރޭގެ ހުރިހާ ޚަބަރެއް ލިބެމުންދިޔައީ ގްރޫޕް މެސެޖުތަކުންނެވެ. އޭނަ ބަލިވެ ކަމަށް ބުނެ ބަހަނާ ދައްކާފައި ނުނިކުމެ އޮތީއެވެ. މަގްސަދަކީ މުރުތަސިމް ގެ ހިތް ތަޅުވާލުމެވެ. ފޯނު ހާވަން އޮތްވާ ފެނުނު މެސެޖެއް ލޮލުގައި އަޅައިގަތުމުން ހީވީ އޭނައަށް ނިސްބަތްކޮށް ބުނެވުނު އެއްޗެއް ހެންނެވެ.

"މީހުންގެ ފަރާތުެން ބަދަލު ނުހިފަން ނަފުސަށް ވިސްނައިދޭށެވެ. އެއްވެސް ފަރާތަކުން ތިބާއަށް އަނިޔާއެއް ދީފައި ނޫނީ އިންސާފުން އެއްކިބާވެ އަމަލެއް ކުރިޔަސް ﷲ ތައާލާ އެހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވާކަން ހަނދާން ބަހައްޓާށެވެ. ﷲ ތައާލާ އަނިޔާވެރިންނަށް އެކަމުގެ ސަޒާ ދެއްވާނެ ދުވަސް ދާދި އަވަހަށް އަންނާނެއެވެ. ކެތްތެރިވާށެވެ. އަދި މާފުކުރާށެވެ."

އިރުކޮޅެއްވާންދެން އެ ޖުމްލަތަކާއިމެދު ވިސްނި ހިތް ބަދަލުވާން އުޅުނެވެ.

"އިންސްޕަޔާވަނީ މިހެން ކަން ނޭގޭ....ބައެއްފަހަރު ފެންނަ އެންމެ ލަފުޒަކުން ހަޔާތް ބަދަލުވެދާނެ. އެކަަކު ޕޭރެންޓުންގެ ގާތިލުންނަށް މާފުކުރާހާ ހިތް ބޮޑެއް ނޫން........އަހެދްއަށް ނާއިންސާފުން ކަމެއްކުރިނަމަ ފޮގިވް ކޮށްފާނަން ބަޓް ޕޭރެންޓުން މަރައިލި އިންސާނާއަށް ކިހިނެއް ފޮގިވް ކުރާނީ؟ހިތުގައި އޮތީ ނަފްރަތު.......ބަދަލުހިފުން..އަހެދް ހުއްޓާލާނީ އޭނަގެ ލައިފްވެސް ހަލާކުކޮށްފައި..އަހަންނަށް ހެދިހެން.."އަހެދް އަނގަޔަށް ގޮތެއް ހެދިއެވެ.

ނުނިމޭ