12 Jun 2012, 20:50
މޯލްޑިވިއަން ބްލަޑް ސަވިސަސް (އެމްބީއެސް)ގެ ނަމުގައި މުއައްސަސާއެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމްބީއެސް އަކީ މިހާރު އޮންނަ ނޭޝަނަލް ބްލަޑް ޓްރާންސްފިއުޝަން ސެންޓަރާއި، ނޭޝަނަލް ތެލެސީމިއާ ސެންޓަރުން އާންމުކޮށް ދެމުން ގެންދާ ހުރިހާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އުފެއްދާ މުއައްސާއެއް ކަމަށެވެ.
މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިރޭ ވިދާޅުވީ އެމްބީއެސް އުފެއްދަން ކެބިނެޓުން ނިންމެވި ނަމަވެސް އެ މުއައްސަސާ ގާއިމު ކުރަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.