14 May 2024, 22:14
ސިނަމާލެ ބުރިޖު މަތީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ބުރިޖު މަތީގައި އެކްސިޑެންޓުވީ ދެ ސައިކަލު ކަމަށެވެ.
އެގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކުޑަކުއްޖަކާއި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުއްޖާއާއި ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާގެ އުމުރާއި ލިބިފައިވާ އަނިޔާއާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
ސިނަމާލެ ބުރިޖު މަތިން ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައްވެ، ބައެއް މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.