ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރުމަށް އެދޭ ގާނޫނީ ވަކީލުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެ ކޯޓުން މިއަދު ހުޅުވާލައިފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގައި ވަކާލާތު ކުރައްވަން ބޭނުންފުޅުވާ ގާނޫނީ ވަކީލުން އެކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ފޯމް ހުށަހަޅުއްވާ އިރު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދައިގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއަކާއި އައިޑީކާޑާއި އޭގެ އަސްލާ އެއްގޮތް ކަމުގެ ކޮޕީއަކާއި އަދި ޕާސްޕޯޓް ސައިޒުގެ ތިން ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ.