09:50


ކުރިން ސްރީލަންކާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި ސަފީރު، ހ. މާލޭތިލަ ހުސައިން އަލިދީދީ ޔޫރަޕިއަން ކޮމިއުނިޓީ އަށް ކަނޑައަޅައި ކުރިން ޔޫރިޕިއަން ކޮމިއުނިޓީގައި ހުންނެވި ހ. އޭޝިޔަން ލޮޖު އާދަމް ހަސަން ސައުދީ އެރެބިޔާ އަށާއި އޯއައިސީ ކަނޑައަޅައި އަދި ސްރީލަންކާގައި ހުންންވާ ސަފީރެއްގެ ގޮތުގައި މ. ކަލި ހުސައިން ޝިހާބު ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ އެ ބޭފުޅުންގެ އިތުރުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނެވި ހ. އަމީނީގޭ ޑރ. ފަރުހާނާޒު ފައިސަލާއި ޖެނީވާގައި ހުންނަވާ ސަފީރަކަށް ހ. އޯކިޑް އިރުތިޝާން އާދަމް ހަމަޖެއްސުމަށާއި ޗައިނާގައި ހުންނަވާ ސަފީރެއްގެ ގޮތުގައި ހ. ސީވިޑް އަހުމަދު ލަތީފު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ފަހު، ދިރާސާ ރިޕޯޓް މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ވެސްކޮށްފަ އެވެ.