13 May 2024, 09:39
އިސްރާއީލު އަސްކަރިއްޔާގެ 12 މީހެއްގެ ގައިގައި ކުޅަދުނރު ހަފައިގެން ހޮސްޕިޓަލްގައި ފަރުވާދީފިއެވެ.
ހުކުރު ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ އިސްރާއީލުގެ ޓޭންކެއް ކުޅަނދުރު ހަތައެއްގެ މަތިން ދުއްވުމުން ކަމަށް އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާ ހިނގީ ޣައްޒާ ޑިވިޜަންގެ ސަދަން ބްރިގޭޑް ސަރަހައްދީ ރޮނގު ކައިރީގައެވެ.
ހާދިސާއަށްފަހު އެމީހުން ގެންގޮސްފައި ވަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި ހުންނަ ޝެބާ މެޑިކަލް ސެންޓަރަށެވެ. އެ ހޮސްޕިޓަލުން ބުނީ އިސްރާއީލު ސިފައިންގެ 10 މީހަކަށް ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައިވާއިރު، އެކަކަށް އައިސީޔޫގައި ފަރުވާދީފައިވާ ކަމަށެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި ސިފައިންގެ ތެރެއިން ބައެއް މީހުންގެ ގައިގައި އެތައް ސަތޭކަ ކުޅަދުނރެއް ވަނީ ކަށިޖަހައިފައެވެ. އަދި މީގެކުރިން އެފަދަ ހާދިސާއެއް ޑޮކްޓަރުންނަށް ނުފެންނަ ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.